ޑރ. މުހައްމަދު އިޔާޒް

ގައުމީ ޔުނިވާސިޓީ ގޮވައިގެން އިޔާޒު ޓްރައިބިއުނަލަށް

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް: ސަސްޕެންޝަނާބެހޭ މައްސަލާގައި ޓްރައިބިއުނަލަަށް ވަޑައިގެންނެވި -- އަވަސް ފޮޓޯ
66.7%
0%
33.3%

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ގައުމީ ޔުނިވާސިޓީގައި އަދާ ކުރަމުން އައި ވަޒީފާއިން ސަސްޕެންޑްކުރި މައްސަލަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާ ހުށައަޅުއްވައިފި އެވެ.

އިޔާޒަކީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އެކެވެ. އިޔާޒު ސަސްޕެންޑް ކުރިކަން އެންގީ މިދިއަ މާޗް ހަތަރުވަނަ ދުވަހު އެވެ. ސަސްޕެންޑް ކުރީ 14 ދުވަހަށެވެ. ސަސްޕެންޑް ކުރުމުގެ ކުރީން ވެސް އެކި ފަހަރު މަތިން ޔުނިވާސިޓީން ވަނީ އިޔާޒަށް އިންޒާރުކޮށްފަ އެވެ.

އިޔާޒަށް އިންޒާރުދީ ސަސްޕެންޑް ކޮށްފައި ވަނީ އޭނާ ކުރައްވާ ޓްވީޓްތަކާއި ގުޅިގެން ޔުނިވާސިޓީގެ ތަސައްވުރަށް ގެއްލުން ލިބޭ ކަމަށް ބުނެ އެވެ. ނަމަވެސް ޔުނިވަސިޓީން ކުރާ އެ ތުހުމަތުތައް އިޔާޒް ދޮގު ކުރައްވަ އެވެ.

ޔުނިވާސިޓީން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އިޔާޒު ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިހާރު އެ މައްސަލަ ހުށައަޅާފަ އެވެ. މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވަން ނިންމި ނަމަވެސް ޔުނިވާސިޓީން އެދިގެން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އެކަމާއި ގުޅޭގޮތުން ވެސް އަދި މައްސަލައާ ބެހޭ ގޮތުން ވެސް އިޔާޒް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އިޔާޒް ސަސްޕެންޝަން އައީ ޖަމާއަތުގެ ނަމާދު ހުއްޓާލުމާ ގުޅޭގޮތުންނާއި ގައިދުރުކޮށް ނަމާދު ކުރުމާ ދެކޮޅު ހައްދަވާ އިޔާޒް ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.

އިޔާޒް ފާހަގަ ކުރެވިފައި ވަނީ މި ސަރުކާރާ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި ދިފާއު ކުރައްވާ ބޭފުޅެއްފެ ގޮތުގައެވެ. އިޔާޒަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސެވެ. ނަމަވެސް ނަމާދުގެ މައްސަލާގައި އިޔާޒު ގެންދަވަނީ ކަން އޮތްގޮތް ބަޔާންކޮށް އިލްމުވެރިންގެ ފަރާތުން ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަސީ

ޜަގަޅު އިޔާޒު 100 މިލިޔަން ގެއްލުމުގެ ބަދަލު ނަގަން ފެނޭ ޖާބިރައް ދޭކަމައް ވާނަމަ އިއާޒް އައްވެސް ލިބެންޖެހޭނެ

ބަސް

އޭ ހައްޕާ .... ބަސްބުނުމުގެ ޙައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދީފަވާ ގާނޫނީ ޙައްގެއް. އެޙައްގުގެ ބޭނުންކުރާއިރު ސިޔާސީ ވާހަކަ އެއްކިބާކޮށްފައި ވަކި ކީކޭ ކިޔާނީ.... ކިޔަންޖެހޭނީ ކައިގެންނޭ ފުރާނީ ނުކައެއް ނުފުރާނަމޭ. އެހިސާބުން އެހައްގު މިންވަރު ލިބުނީތަ ؟؟؟

ހައްޕު

ޑރ. ކުރިއަށް އޮތް ބޭފުޅާއަކަށް އެނގިވަޑައިނުގެންނެވި ކީއްވެކަން ސަސްޕެންޑު ކުރެވުނީ. ޔުނިވަރސިޓީގެ ލެކުޗަރަރ އަކަށް ހުންނަވާ އޮބިނޯންނަ ވަރަށް ސިޔާސީ ވުމުން ، ރަނގަޅުތާ ..... ވަކި ނުކުރެއްވިކަން! މިބޭފުޅާ އަށް ވަގުތީ ޒިކުރާ މިސްކިތުގެ ވަގުތީ މުދިންކަން ދެއްވުމަކީ ހައްލެއް. ރޯދަމަސް ކުރިމަތީގައި އޮތީމަ .....

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345