ދުނިޔެ

އެޕަލްއިން ޝައުގުވެރި ވަނީ ރޮބޮޓިކް ކާރަކަށް

އެޕަލްއިން ކާރެއް އުފައްދަން ވަރަށް ޝައުގުވެރިވެ އެވެ. ސީއީއޯ ޓިމް ކުކްއަށް ތަކުރާރުކޮށް ސުވާލު ދެއްނެވުމުން ވެސް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ބަސްމަގު ކަސިޔާރު ކުރައްވައި ފައްޓަވަނީ އެހެން ވާހަކަ އެވެ. ވިދާޅުވަނީ އޮޓަމެޓިކް ކާރަކީ ރޮބޮޓެއް ކަމަށެވެ. ތިޔަ ވިދާޅުވާ ހުރިހާ ސިފައެއް ހުންނާނީ ރޮބޮޓެއްގައި ކަމެވެ.

ޓިމް ކުކްއަށް ދެން ސުވާލު ދެންނެވުނީ، އަމިއްލައަށް ދުވާ ޒާތުގެ ކާރެއް އެޕަލްއިން އުފައްދާނެތޯ އެވެ؟ ވިދާޅުވީ އެޕަލްއަކީ ތަފާތު ތަޖުރިބާތައްކުރާ ކުންފުންޏެއް ކަމަށާއި އީޖާދުކުރާ ކޮންމެ އުފެއްދުމެއް ދުނިޔޭގެ އަލިކަން ދެކޭނެ ކަމަށް ވިދާޅުވާން ދަތިފުޅު ކަމަށެވެ.

އެޕަލްއިން ކަރަންޓް ކާރެއް އުފައްދަން މަސައްކަތްކުރާ ކަމަށް ތަކުރާރުކޮށް ބުނެވެ އެވެ. ނޫސްތަކުން އެ މައުލޫ ގެއްލޭކަށް ވެސް ނޫޅެއެވެ. ކާރު އުފައްދަން މަޝްހޫރު ކުންފުނިތަކުން އިންޖިނޭރުން ގަނެގެން އެޕަލްއަށް ގެންދޭވެސް މެއެވެ. ދުނިޔެއަށް މަޝްހޫރު ބްރޭންޑް ކުންފުނިތަކާ އެޕަލްއިން ވާހަކަ ވެސް ދައްކަ އެވެ. އެކަމަކު ވެސް އެޕަލްއިން ކާރެއް އުފައްދަން އުޅޭ ކަމަކަށް އެއްބަހެއް ނުވެ އެވެ.

އެޕަލްއިން އުފައްދަން އެދޭ ކާރަކީ ޓެސްލާއަށް ވަރަށް ބޮޑު ވާދަވެރި ކަމަކަށް ވާނެ އެވެ. އެޕަލް ކާރަކީ އަމިއްލައަށް އިޚުތިޔާރު ކުރަން ދަންނަ ފެންވަރުގެ ކާރަކަށް ވާނެ އެވެ. ކާރަށް އަންނަ ކޮންމެ ބަދަލެއް އަމިއްލައަށް ދެނެގަންނަ ކާރަކަށް ވާނެ އެވެ.

އެޕަލްއިން ބުނީ ސްމާޓްފޯނަކީ އެޕަލްއިން އުފެއްދި އެއްޗެއް ނޫން ކަމަށެވެ. އެމީހުން ކުރި ކަމަކީ ސްމާޓްފޯން އަލުން އުފެއްދުން ކަމަށެވެ. އެހެންކަމުން ބެލެވެނީ އެޕަލްއިން ކާރެއް އުފައްދައިފިނަމަ ޓެސްލާ ބަނގުރޫޓް ވާނެ ކަމަށެވެ.