ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މެކްސިކޯ

ކޮވިޑް ވެކްސިން ނުޖައްސަވާނެ ކަަމަށް މެކްސިކޯގެ ރައީސް ވިދާޅުއްޖެ

މެކްސިކޯގެ ރައީސް އަންދްރޭސް މަނުއަލް ލޮޕޭޒް އޮބްރާދޯ ކޮވިޑް ވެކްސިން ޖައްސަވަން އިންކާރު ކުރައްވަައިފި އެވެ. ވިދާޅުވީ ހަށިކޮޅުގައި އެންޓިބޮޑީޒް އެބަހުރި ކަމަށާއި ގަބޫލު ކުރައްވައިގެން ހުންނެވި އިރުޝާދަކީ ވެކްސިން ނުޖެހުން މާރަނގަޅު ކަމަށެވެ.

"އެމީހުން ޓެސްޓްތަކެއް ހެދި އަދި ބުނީ އަޅުގަނޑުގެ ހަށިގަނޑުގައި ދިފާއީބާރު ރަނގަޅު ކަމަށް. އެންޓިބޮޑީޒް ހުރި ކަމަށް،" ރައީސް ވިދާޅުވި އެވެ. "އެހެންވެ ކުރި އިހުތިޔާރެއް މިއީ. އަޅުގަނޑު ކޮވިޑް ވެކްސިނެއް ނުޖަހާނަން"

ލޮޕޭޒް 67، ގަބޫލު ކުރައްވާ ގޮތުން ކޮވިޑަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫނެވެ. އެހެން ނަމަވެސް، އެމަނިކުފާނަށް މިއަހަރު ޖެނުއަރީ 24 ގައި ކޮވިޑް ޖެހިވަޑައިގެން އެކަނ އިއުލާން ކުރެއްވި އެވެ. ވިދާޅުވީ އަލާމާތްތައް ފެނިވަޑައިގަންނަވާ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ.

ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރު ލޮޕޭޒް އުޅުއްވީ މާސްކް ވެސް ނާޅުއްވަ އެވެ. އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ވަޑައިގެން ކޮވިޑަށް ޖޯކް ޖައްސަވައި ހެއްދެވި އެވެ. އަދި ބަލިން ރައްކާތެރި ވުމަށް އާންމުންނަށް ނަސޭހަތްތެރިވެ ވަޑައިގެފައި ވެސް ނުވެ އެވެ.

މެކްސިކޯގައި 60 އަހަރުން މަތީ އުމުރުފުރައަށް ވެކްސިން ދޭން ފެށީ މާޗް މަސް ތެރޭގަ އެވެ. އަދި އުންމީދު ކުރަނީ އެޕްރީލް ނިމުމުގެ ކުރިން ދޮށީއުމުރުގެ ބޮޑު ބަޔަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށެވެ.

ލޮޕޭޒް ކުރިން ވިދާޅުވި ގޮތުން އެމަނިކުފާން ވެކްސިން ޖައްސަވާނެ އެވެ. އެކަމަކު ވިދާޅުވީ ކޮންތަނެއްގައި އަދި ކޮން ވެކްސިނެއްކަން ނުދަންނަވާނެ ކަމަށެވެ. އެއީ ކުޅިބަލާ މީހުންނަށް ފުރުސަތު ނުދެއްވުމަށް ކަމަށެވެ.