ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މެކްސިކޯގައި ސްޕުޓްނިކް ވެކްސިން އުފައްދަނީ

މެކްސިކޯގައި ސްޕުޓްނިކް ވެކްސިން އުފައްދަން ފަށައިފި އެވެ. ރަޝިއާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން ބުނީ އަޖުމަ ބެލުމަށް ފުރަތަމަ ބުރުގައި މެކްސިކޯގައި އުފެއްދި ވެކްސިންތައް ކާމިޔާބު ކަމަށެވެ. ސްޕުޓްނިކްވީ އަކީ ކޮވިޑަށް ރަޝިއާއިން އުފެއްދި ވެކްސިނެވެ.

ރަޝިއާއިން ކޮވިޑަށް ދެވަނަ ވެކްސިނެއް އުފައްދައި އަންނަނީ އަޖުމަ ބަލަމުންނެވެ. ކޮވިޑް ޗުވިންގަމް ވެސް ރަޝިއާގައި ވަނީ އުފައްދާފަ އެވެ.

މެކްސިކޯއަކީ އުތުރު އެމެރިކާގައި ސްޕުޓްނިކް ވެކްސިން އެންމެ ފުރަތަ ރެޖިސްޓްރީކުރި ގައުމެވެ. އެ ސަރަހައްދުގައި މި ވެކްސިން އެންމެ ފުރަތަމަ އުފައްދަން ފަށާފައި މިވަނީ ވެސް މެކްސިކޯގަ އެވެ.

މެކްސިކޯގައި އުފައްދާ ސްޕުޓްނިކް ވެކްސިން ފުރަތަމަ ބޭނުން ކުރާނެ ކަމަށް ވަނީ އެ ގައުމުގަ އެވެ. ގައުމުން ބޭރު ކުރަން އަދި ރަޝިއާއާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވެއެެވެ.

ސްޕުޓްނިކް ވެކްސިނަކީ ރަޝިއާގެ އުފެއްދުމަކަށް ވާތީ އެ ގައުމުގެ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މަސައްކަތް ފުޅާ ކުރެވޭކަށް ނޯވެ އެވެ. ވެކްސިން އުފެއްދުމަށްޓަކައި އިމާރާތެއް ކަނޑައެޅުމާއި މެޝިންތައް ބަރާބަރުކުރުން ވެސް އޮންނަނީ ރަޝިއާގެ ސައިންސްވެރިން ކަނޑައަޅާ މިންގަނޑަކަށެވެ.

ރަޝިއާއިން ބުނީ ވެކްސިން އުފައްދަން އެދޭ ގައުމުތަކަށް އެހީތެރިވާނެ ކަމަށާއި ޓެކްނޮލޮޖީ އެއްގައުމުން އަނެއް ގައުމަށް ބަދަލު ކުރުމުގައި ޒިންމާދާރު ވުމުން ނިމުނީ ކަމަށެވެ.