އިކްނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯޗެއާގެ މަގާމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯޗެއާގެ މަގާމަށް ޝައިނީ އައްޔަންކުރައްވާފައިވާއިރު، ސެޕަޝަލް އިކޮނޮމިކް ޒޯންގެ ރިޕޯޓްކުރާ ފަރާތަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވާފައިވާކަމަށެވެ.
އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯޗެއާ މަގާމަށް ޝައިނީ އައްޔަންކުރައްވާފައި އެ މަގާމުގައި ކުރިން ހުންނެވި ނައިބު ރައީސް އަހުމަދު އަދީބުގެ އެމަޤާމުން ވަކިކުރެއްވިތާ ދުވަސްތަކެއް ފަހުންނެވެ.