ސިއްހަތު

ކެނެޑާއިން ރާއްޖެއަށް ފައިސާގެ އެހީ ވެއްޖެ

Apr 6, 2021
1

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި ރައްކާތެރި ގޮތުގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރަން ކެނެޑާ ސަރުކާރުން ރާއްޖެއަށް 1.35 ކެނޭޑިއަން ޑޮލަރުގެ (ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރު) އެހީ ރާއްޖެއަށް ފޯރުކޮށްދީފި އެވެ.

އެހީ ރާއްޖެއަށް ދިނީ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ޕްރޮޖެކްޓް އިފްތިތާހު ކުރަން ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް ޕްރޮޖެކްޓަކީ ކެނެޑާ ސަރުކާރާއި ޑަބްލިއުއެޗްއޯއާ ގުޅިގެން ފެށި ޕްރޮޖެކްޓެ ކެވެ.

ކެނެޑާ ސަރުކާރުން ރާއްޖެއަށް އެހީ ދިނީ ޑަބްލިއުއެޗްއޯ މެދުވެރިކޮށެވެ.

މި ޕްރޮޖެކްޓްގެ ދަށުން އަތޮޅުތަކުގެ ތެރޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މެޑިކަލް ވޭސްޓް މެނޭޖްމަންޓް މަރުހަލާތައް ހަރުދަނާކުރާނެ އެވެ. އަދި އެ ހިދުމަތް ގާއިމު ކޮށްފައިވާ އަތޮޅުތަކުގެ އިތުރުން 10 އަތޮޅެއްގައި މެޑިކަލް ވޭސްޓް މެނޭޖްމަންޓްގެ ހިދުމަތްތައް ގާއިމު ކުރާނެ އެވެ.