ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބޭރުން ވެކްސިންޖެހި މީހުނަށް ރާއްޖޭގައި ދެވަނަ ޑޯޒް ޖެހޭނެ

ކޮވިޑް-19 އިން ދިފާއުވާން ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖެއިން ބޭރުން ޖަހާފައިވާ ފަރާތްތައް ވެސް ދެވަނަ ޑޯޒް ރާއްޖޭގައި ޖަހައިދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ރާއްޖެއިން ބޭރުން ކޮވިޝީލްޑާއި ސިނޮފާމް އަދި ފައިޒާ ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ވެސް ރާއްޖޭގައި ދެވަނަ ޑޯޒް ފުރިހަމަ ކުރެވޭނެ ކަމަށާއި އެފަދަ ފަރާތްތަކުން ވެކްސިން ޖެހި ލިޔުމާއި ޕާސްޕޯޓް ކޮޕީ ނުވަތަ އައިޑީ ކާޑުގެ ކޮޕީ އެއް މެއިލް ކުރަން އެދޭ ކަމަށެވެ.

އެ މައުލޫމާތު އީމެއިލް ކުރާއިރު ނަމާއި އައިޑީކާޑް / ޕާސްޕޯޓްގެ ނަންބަރާއި ގުޅޭނެ ނަންބަރެއްގެ އިތުރުން ވެކްސިންގެ ބާވަތާއި ވެކްސިން ޖެހި ތާރީހް ހިމަނަން ވެސް އެޗްޕީއޭއިން އެދިފައި ވެއެވެ. ވެކްސިނާ ބެލޭ މައުލޫމާތު ފޮނުވަން ޖެހެނީ [email protected] އީމެއިލަށެވެ.

ކޮވިޑްއިން ދިފާއުވުމަށް ރާއްޖޭގައި ތިން ވެކްސިނަކަށް ވަނީ ހުއްދަ ދީފަ އެވެ. އޭގެ ތެރޭގައި ކޮވިޝީލްޑާއި ސިނޮފާމް އަދި ފައިޒާ ހިމެެނެ އެވެ.