ފަތަހަ މޯލް

ފަތަހަ މޯލް ފެނި ދަނގަޑޭ ހައިރާންވެއްޖެ، އެންމެން ދާންވީ ފަހަތައަށް

Apr 6, 2021

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ފަތަހަ މޯލް ހާއްސަ ޒިޔާރަތެއް ކޮށްފައެވެ.

އަންގާރަ ދުވަހު ފެށޭ ރޯދަ މަހާ ދިމާކޮށް ފަތަހައިން ބޮޑު ޕްރޮމޯޝަނެއް ފަށާއިފައިވާއިރު ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނާއި އެހެނިހެން ތަކެތި ފަތަހައިން ލިބެ އެވެ. ރޯދައަށް ހާއްސަކޮށް ގެނައި ވަރަށް ގިނަ ބާވަތްތަކުން މުޅި ފޯލް ފުރިފައިވާއިރު ދަނގަޑޭއަށް ފަތަހަ މޯލް ކަމުދިޔަ އެއް ސަބަބަކީ މިއެވެ. އެއްތަނަކުން ހުރިހާ އެެއްޗެއް ލިބޭތީ އަޝްފާގު ހުރީ ހައިރާންވެފައެވެ.

ފަތަހައިން ކުރިއަށް ގެންދާ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ބަދިގެއަށް ބޭނުންވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ތަކެތި އާކުރަން މި އޮތީ ފުރުސަތެކެވެ. ފަހަތަށް ކުރި ޒިޔާރަތަށް ފަހު އަޝްފާގު ރައްޔިތުންނަށް ދޭ ދައުވަތަކީވެެސް އެއީއެވެ. ފަހަތައިން ހެޔޮ އަގުގައި މުދާ ބައްލަވައިގެން ގޭތެރޭގެ ސާމާނު ރޯދައަށް އައު ކޮށްލާށެވެ.

މާވެޔޮމަގުގައި ހުންނަ ފަތަހަ މޯލްގައި އިއްޔެ ބޭއްވި ފޮޓޯ ސެޝަންގައިވެސް އަޝްފާގު ބައިވެރިވި އެވެ.

"މި ރަމަޟާންމަހު އަހަރެން ހިޔާރު ކުރަނީ ފަތަހަ" އިގެ ޝިއާރުގެ ދަށުން ނެގި އެ ފޮޓޯ ސެޝަންގައި އަޝްފާގު ވަނީ ފަތަހަ މޯލަށް ޒިޔާރަތްކުރި ކަސްޓަމަރުންނާއެކުވެސް ފޮޓޯ ނަގައިފަ އެވެ.

ފަތަހައަކީ ކޮންމެ ރަމަޟާންމަހަކަށްވެސް ވަރަށް ބޮޑަށް ދުރާލާ ތައްޔާރުވަމުން އަންނަ ކުންފުންޏެކެވެ މި އަހަރު ވެސް ފަތަހައިން ވަނީ ދުރާލާ ވަރަށް ގިނަ ސާމާނު އެތެރެ ކޮށް ފިހާރަތަކާއި ގުދަންތައް މުދަލުން ފުރާލާފައެވެ. ބޭނުމަކީ ރޯދައަށް އާންމުންނަށް ބޭނުންވާ ތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

އޭގެ ތެރޭގައި ބަދިގެ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ކެރަމްބޯޑާއި، ރާޒުވާ ކުލިބަޔާއި ބޯޑު ހިމެނެ އެވެ. ކުރުކޮށް ބުނާނަމަ ފަތަހައިގެ ނެތް އެއްޗެއް ނެތެވެ.