ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ވެކްސިން ޖަހާ މީހުންނަށް ރަނުގެ ގަހަނާ ބަހަނީ

ކޮވިޑް-19 އިގެ ކޭސްތައް އިންޑިޔާގައި އިންތިހާއަށް އިތުރުވެ ގިނަ ބަޔަކު ވަނީ ވަރަށް ކަންބޮޑުވެފަ އެވެ. އެ ގައުމުގެ އެތައް ބަޔަކު މިހާރު ތިބީ ބިރުން ގޮސް ހަލާކުވާވަރު ވެފަ އެވެ. މި ދަނޑިވަޅުގައި މި ބަލިން އަރައިގަނެވުމުގެ ކިރިޔާ ވެސް އުންމީދެއް އޮތީ ވެކްސިން ޖަހައިގެން ކަމުން އެކި ރަށްތަކުގައި ވެކްސިން ޖަހަން ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ކަންތައްތައް ދަނީ ކުރަމުންނެވެ.

އެގޮތުން ގުޖްރާތުގެ ރާޖްކޯޓުގެ ރަނުގެ ވިޔަފާރިކުރާ ބަޔަކު މިހާރު ވަނީ ވެކްސިން ޖަހާ މީހުންނަށް ހާއްސަ ހަދިޔާއެއް ބަހަން ފަށާފަ އެވެ.

އޭއެންއައިގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ފަރާތުން ހިންގާ ވެކްސިން ކޭމްޕްތަކުން ވެކްސިން ޖަހާ އަންހެނުންނަށް އެ ފަރާތުން ގެންދަނީ ނޭފަތުގައިލާ ރަން މުދި ހަދިޔާ ކުރަމުންނެވެ. ފިރިހެނުންނަށް ހަދިޔާ ކުރަނީ އަތުން ހިފާ ބްލެންޑާ އެކެވެ. އެހެން ކަމުން މިހާރު ވެކްސިން ޖަހައިގެން ލިބޭ ފައިދާގެ އިތުރުން ރަނުގެ ގަހަނާ ލިބޭތީ ވެސް ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހަން ދެ އެވެ.

މިހާރު އިންޑިޔާގައި ވެކްސިން ޖަހައިދެނީ އުމުރުން 45 އަހަރުން މަތީގެ މީހުނަށެވެ. ބުރާސްފަތި ދުވަހާ ހަމަޔަށް ހަތް މިލިއަނަށް ވުރެ ގިނަ މީހުންގެ ގަޔަށް ވަނީ ވެކްސިން ޖަހާފަ އެވެ.

ގުޖްރާތުގެ އެހެން ކުންފުންޏަކުން ވެސް ވަނީ ވެކްސިން ޖަހަން ހިތްވަރު ދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެ ގޮތުން ކުންފުނީގެ މުވައްޒަފުންނަށް އެތަނުގައި ވަޒީފާ އަދާ ކުރަން ބޭނުންނަމަ ވެކްސިން ޖަހަން މަޖްބޫރު ވެއެވެ. ވެކްސިން ނުޖަހާ މީހުން ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ކޮވިޑް ޓެސްޓް ހަދަން ޖެހެއެވެ. މިގޮތަށް އެއްބަސް ނުވާނަމަ އެ މީހަކަށް ވަޒީފާ އަދާ ކުރުމުގެ ހުއްދަ އޮފީހަކުން ނުދޭނެ އެވެ.