ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޖޮބް ސެންޓަރު ޕޯޓަލްގައި ރަސްޓްރީ ކުރެވޭނެ ގޮތް އިކޮނޮމިކް މިނިސްޓްރީން ހަދައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ހިންގާ ޖޮބް ސެންޓަރު ވެބްސައިޓަށް ބަދަލު ތަކެއް ގެނައުމާ ބެހޭ ގޮތުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާއިމް ވިދާޅުވީ މިހާރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖޮބް ސެންޓަރުގައި ބައިވެރިވެވޭނެ ކަމަށެވެ.
ޖޮބް ސެންޓަރު ވެބްސައިޓަށް ގެނައި ބަދަލާއެކު ކުރިން ހަމައެކަނި އިނގިރޭސި ބަހުން ހުރިނަމަވެސް މިހާރު ދިވެހި ބަހުންވެސް މި ވެބްސައިޓުން މައުލޫމާތު ހޯދޭނެ އެވެ. އަދި ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާ ތަކަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު އިންޓަވިއު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް އިންޓަވިއު އަށް ކިޔޭނެ އެވެ.
ޖޮބް ސެންޓަރު ޕޯޓަލް ފަރުމާކޮށްފައިވަނީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ރަޖިސްޓްރީކޮށް ދިމާވާ ޕްލެޓްފޯމްއެއްގެ ގޮތުގަ އެވެ. މި ޕްލެޓްފޯމުން މިހާތަނަށް ކުރަމުން ދިޔަ މައިގަނޑު މަސައްކަތަކީ ވަޒީފާ ގެއްލި ވަޒީފާ އަށް އަސަރު ކުރި މީހުންނަށް އިންކަމް ސްޕޯޓް އެލަވަންސް ދިނުމެވެ.