ޒިކުރާ މިސްކިތް ހުރި ސަރަހައްދު ކޮންނަމުން ދަނިކޮށް ފެނުނު ތަކެއްޗާއި ބިނާތަކުގެ ތެރެއިން ބައެއް ތަކެތި އެއީ ކޯޗެއްކަން ދެނެގަނެވިފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފި އެވެ.
އެ މަރުކަޒުން މިއަދު ބުނީ ޒިކުރާ ބިމުން ފެނުނު ބައެއް ތަކެތީގެ ތެރޭގައި މައްޗަންގޮޅި ބައުމިސްކިތުގެ ތަރަހަ ކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ އާއި ހިރިގަލު 8 ކަން ވަޅެއް އަދި ދިވެހި އަދި އަރަބި ލިޔުމާއި ކުރެހުން ކަނޑާނަގާފައިވާ މަހާނަގަލެެއް ފެނިފައިވާ ކަަމަށެވެ.
މީގެ އިތުރުން ޕޮޓަރީ ޝާޑް ފަދަ އެތިކޮޅުތަކެއް ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ކަށަވަރު ކުރެވެމުންދާ ވަރަކަށް ހިއްސާ ކުރަމުންދާނެ ކަމަށްވެސް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.