ދުނިޔެ

ބަޣާވާތަށް ފަހު މިއަަންމާގައި 581 މަރު

މިއަންމާގައި އަސްކަރިއްޔާއިން މަދަނީ ވެރިކަން ޖަހައިގަތް ފަހުން 600 އާ ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރާ ޖަމާއަތްތަކުން ބުނެ އެވެ. ރަސްމީ އަދަދެއް ކަމަށް މި ވަގުުތު ބުނަނީ 581 މަރެވެ.

މަދަނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރާ ގުރޫޕްތަކުން ބުނާ ގޮތުން އެޕްރީލް ހަޔަކާ ހަމައަށް 2،750 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް އަދި 38 އަށް ވުރެ ގިނަ މީހުންނަށް އެކިކަހަލަ ތުހުމަތުގައި ހުކުމް ކޮށްފައިވެ އެވެ.

އެސިސްޓެންސް އެސޯސިއޭޝަން ފޮ ޕޮލިޓިކަލް ޕްރިޒަނާސް ބުނާ ގޮތުން މިއަންމާގައި އަސްކަރިއްޔާއިން ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ދުނިޔެ އެއްގަލަކަށް ނާރަ އެވެ. ސަރަހައްދީ ޖަމާއަތްތަކުން އަޅާލައި އެހީތެރިކަން ފޯރުކޮށްދޭތީއެއް ނުފެނެ އެވެ. އެހެން ނަމަވެސް އެއީ އަސްކަރިއްޔާއަށް ތާއީދުކުރާތީ ނޫން ކަމަށް އެ ޖަމާއަތުން ގަބޫލުކުރެ އެވެ. ފަހަތުގައި ކޮންމެވެސް ސަބަބެއް އޮތީ ކަމަށް ވެދާނެ އެވެ.

މިއަންމާގައި އަސްކަރިއްޔާއިން މިހާރު ހުރިހާ ތަނަކަށް ވަދެގަނެ އެވެ. ހޮސްޕިޓަލްތަކާއި ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ވަދެ އެމީހުން ބަލާ ފާހަގައެއް ހުންނަ މީހުން ގެން ގޮސް ބިންގަރާހުގައި ހައްޔަރުކުރެ އެވެ. އިންސާނީ ހައްގުތަކުން މަހުރޫމްކޮށް އަނިޔާކުރެ އެވެ.

މިއަންމާގައި ފެބްރުއަރީ އެކެއްގައި އަސްކަރިއްޔާއިން، އަން ސަން ސޫކީގެ ވެރިކަން ވައްޓާލި ފަހުން ގައުމަށް ހަމަޖެހުން އަދި ވެސް ނާދެ އެވެ. އަސްކަރިއްޔާއާ ނުރުހޭ ކަމަށް ބުނާ ކޮންމެ މީހަކަށް ނުހައްގު އަދަބުދީ ބަންދު ކުރެ އެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ކުރާ ކަމަކުން އަސްކަރިއްޔާއަށް ގުޑުމެއް ނާރަ އެވެ. ނުސިހެ އެވެ. ގިނަ ފަހަރަށް ހީވަނީ އަސްކަރިއްޔާއިން އާންމުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަނީ ބާރުގަދަ ގައުމުތަކުގެ ސަޕޯޓް އޮވެގެން ކަމަށެވެ.