ދިރާގު ޓީވީ

ދިރާގު ޓީވީގެ ހިދުމަތް އަލިފުއްޓަށް

ދިރާގު ޓީވީގެ ހިދުމަތް ރ. އަލިފުށީގައި ތައާރަފްކޮށްފި އެވެ.

އަލިފުށީގައި ދިރާގު ޓީވީގެ ހިދުމަތް ފަށައިފައި މިވަނީ ސިނަމާޗީގެ އާ ޗެނެލްތަކާ އެކު ގޯލްޑް ޕެކެއް ތައާރަފްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އަލަށް ތައާރަފް ކުރި ގޯލްޑް ޕެކް 450ރ. އަށް ލިބޭއިރު ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ވެސް މިހާރު ކުރިޔަށް ދެއެވެ. އެ ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީ ހިލޭ ގުޅައިދީ ޑީކޯޑަރު ވެސް ހިލޭ ދެއެވެ.

ދިރާގުން ބުނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްގެން ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވެވޭނެ ކަމަށެވެ. މި މުއްދަތުގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައިކުރާ 20 ނަސީބުވެރިންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީ އިން 100 އަށްވުރެ ގިނަ ޗެނެލް ބަލައިލެވޭނެ އެވެ. ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރު ކޮށްދެމުން އަންނަ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.