މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް އޮޕަރޭޝަން: ހަތިޔާރެއް ނުފެނުނު

Apr 8, 2021

ހަތިޔާރު ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލާ ފާސްކުރި ނަމަވެސް އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ހަތިޔާރު ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ގެއިން އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށްވެސް ބުންޏެވެ.

މި އޮޕަރޭޝަން ފުލުހުން ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ އެހީތެރިކަންވެސް ހޯދައިގެންނެވެ. ސިފައިން ބުނީ މިއަދުގެ އޮޕަރޭޝަންގައި ފެނުނީ "ކުޅޭކުޅޭ" ބަޑިއެއް ކަމަށެވެ.

މިއަދުގެ އޮޕަރޭޝަންގައި މާވެޔޮ މިސްކިތް ހިމެނޭ ސަރަހައްދުން ބޮޑު ބައެއް ބަންދު ކުރިއެވެ. އަދި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވިއެވެ.