ރ. ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ރަށު ކައުންސިލްގެ ރައީސް ކަމުގެ އާ ދައުރަކަށް ކުރިމަތިލެއްވީ މިދިޔަ ތިން ދައުރުވެސް އެ މަގާމުގައި ހުންނަވައިގެން ކިނޮޅަހަށް ކުރެއްވި ހިދުމަތް އެގޮތުގަައި ކުރައްވާ އުމްރާނީ ގޮތުންނާއި އެ ނޫން ގޮތްގޮތުން އެ ރަށް އެހެން ހަރުފަތަކަށް ގެންދިއުމުގެ ގަދަ އުންމީދު ގައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ހުސައިން އަލީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ރައްޔިތުންނާއި ގާތުން ހިދުމަތް ކުރުމުގައި ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ އަދި އެކަން މިދިޔަ އަހަރުތަކުގައި އަމަލާ ބަހުން ސާބިތުކޮށްދެއްވި ބޭފުޅެކެވެ. މި ބަހަށް ކިނޮޅަހުގެ ކޮންމެ ރައްޔިތަކު ހެކިވާނެ އެވެ. 2012 ވަނަ އަަހަރުން ފެށިގެން މިއަދާ ހަމައަށް އެ ހަގީގަތް އެ އޮތީ އެ ގޮތުގައި ފެންނާށެވެ.
ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރާއްޖެ ހިންގަން ފެށީއްސުރެ ކިނޮޅަހު ކައުންސިލަކީ ނަމޫނާ ކައުންސިލެކެވެ. ކޮންމެ އަހަރު އެލްޖީއޭއިން ހޮވާ އެންމެ ހަރަކާތްތެރި އަދި ނަތީޖާ ނެރޭ ކައުންސިލްތަކުގެ ތެރޭގައި ކިނޮޅަހު ކައުންސިލް ހިމެނެއެވެ. މިދިޔަ ދެ އަހަރު ރ އަތޮޅުން އެއްވަނަ ކައުންސިލަކީ އެއީ އެވެ. މިއީ އަހުމަދު ހުސައިންގެ ލީޑާޝިޕްގައި ރަށަށް ހޯދާދިން ވަރަށް ފަހުރުވެރި ނަމެކެވެ. ވަރަށް ބޮޑު ޝަރަފެކެވެ. އެ ފަހުރާއި ޝަރަފަކީ ކައުންސިލް ހިންގުމުގައި އޭނާ ދެއްކެވި އާދަޔާ ހިލާފު ކުޅަދާނަ ކަމާއި ހިންގުންތެރިކަމުގެ ނަތީޖާއެވެ.
ކިނޮޅަހު ކައުންސިލް މިހާރުވެސް ވަނީ ކުރިއަށް އޮތް 20 އަހަރަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާފައެވެ. އަދި އެ މުއްދަތަށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައެވެ. ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކައުންސިލް އިންތިހާބު ކުރާތާ ފުރަތަމަ ތިން މަހުގެ ތެރޭގައި ކުރިއަށް އޮތް ފަސް އަހަރަށް ތަސައްވުރެއް އެކުލަވާލަން ޖެހެއެވެ. ރަށުގެ ތަރައްގީއަށް ރާވާ ކަންކަމާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ކުރަން ޖެހެއެވެ.
ކިނޮޅަހު ކައުންސިލްގެ ރައީސްގެ މަގާމަށް އަހުމަދު ހުސައިން އިންތިހާބު ކުރަން ޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ މިއީ އެވެ. މިހާތަނަށް ކިނޮޅަހު ކައުންސިލުން ނެރެމުންދާ ފަހުރުވެރި ނަތީޖާ އަލުން ފަށްފަށް ކުރުމަށް މިއީ ލިބޭނެ މުހިންމު ފުރުސަތެކެވެ. އަހުމަދު ހުސައިންއާއެކު އެކަން ކުރެވޭނެ ކަން ޔަގީނެވެ. އެކަމުގެ ކަށަވަރުކަން އޭނާ ދެއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލާ ފަސް އަހަރަށް އެ ޕްލޭން ތަންފީޒު ކުރާނަން. ރަށަށް ހެޔޮ ބަދަލުތަކެއް ގެނެސް ތަރައްގީގެ މަގުގައި ކުރިއެރުންތަކެއް ހޯދަން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން،" އަހުމަދު ހުސައިން ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން އިސްވެ ގެނެސްފައިވާ ހެޔޮ ބަދަލުތަކާއެކު ކައުންސިލްތައް އިތުރަށް ހަރުދަނާވެ ރަށްރަށުގެ ހަގީގީ މިލްކުވެރިކްން ރައްޔިތުންނަށް ލިބިގެންދާނެ އެވެ. ރައްޔިތުންގެ ލާބައާ މަންފާއަށް ތަފާތު ޕްރޮޖެކްޓްތަކާއި ވިޔަފާރިތަކަށް މިހާރުގެ ގާނޫނުން ފަހި ފުރުސަތުތަކެއް ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް އެކަން ކުރެވޭނީ އެ ތަޖުރިބާ އާއި ހިންގުންތެރިކަން ހުރި ބަޔަކު ކައުންސިލަށް އިންތިހާބު ކޮށްގެންނެވެ. ހާއްސަކޮށް ކައުންސިލްގެ ރައީސްގެ މަގާމަށެވެ.
"މިރަށުގެ [ކިނޮޅަސް] ރައްޔިތުންނަކީ ވަރަށް ތައުލީމީ ބައެއް. ތަރައްގީ އާއި ކުރިއެރުމަށް ލޯބިކުރާ ރައްޔިތެއް. ހޭލުންތެރި ދީނަށް ލޯބިކުރާ ރައްޔިތުންތަކެއް. އެ ރައްޔިތުން އިރާދަކުރެއްވިއްޔާ މިފަހަރުވެސް ރަނގަޅު ނިންމުން ނިންމާނެ. ގާބިލް ތަޖުރިބާ ހުރި މާލިމީއެއްގެ އަތަށް ނޫނީ ރަށުގެ ހުންގާނު އެ ރައްޔިތުން ދޫކޮށްނުލާނެ. އެކަމަށް އަޅުގަނޑު އުންމީދު ކުރަން އަދި ޔަގީންވެސް ކުރަން،" އަހުމަދު ހުސައިން ވިދާޅުވިއެވެ.
އަހުމަދު ހުސައިން އަކީ ސިޔާސީ ގޮތުންވެސް ވަރުގަދަ ޝަހުސިއްޔަތެކެވެ. ދައުލަތުގެ އިސް މަގާމުތަަކުގައި ތިއްބެވި ބޭފުޅުންްނާއި ހާއްސަ ގުޅުންތަކެއް އޮތް ބޭފުޅެކެވެ. ކިނޮޅަހުގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި 2012 ގައި އޭނާ ފެއްޓެވި މަަސައްކަތް އަދިވެސް ކުރިއަށް އެބަ ގެންދަވައެވެ. މިވަގުތުވެސް ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ސާމާނާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ތަރައްގީ ކުރުމަށް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މަަސައްކަތް ވަނީ ފެށިފައެވެ. ރަށުގެ ބޮޑު ދަނޑުގައި ޓާފް އެޅުމާއި ފްޓްސަލް ދަނޑުފައި ޓާފް އެޅުމުގެ މަސައްކަތް އާ ދައުރުގައި ފެށޭނެ އެވެ.
"އަޅުގަނޑު މިދޭ ޔަގީން ކަމަކީ އެެއްވެސް ޒުވާނަކު ބާކީ ނުކޮށް ޒުވާނުންނަށް ހިދުމަތް ކުރާނެކަން. އިރާދަކުރެއްވިއްޔާ މިދިޔަ މުއްދަތުގައި ކުރި ހިދުމަތްތަކާއި ލިބިފައިވާ ތަޖުރިބާއާއެކު ރައްޔިތުންގެ ދިރިއުޅުން އެެހެން ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑަށް ފުރުސަތު ދެއްވާ. ކެންޑިޑޭޓް ނަންބަރު ތިނެއް ހިޔާރު ކުރައްވާ"