ތަރައްގީ އާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި ތިބެގެން ނޫނީ ލިބޭނެ އެއްޗެއް ނޫން ކަމަށާއި ހުރިހާ ކައުންސިލަރުން މަސައްކަތް ކުރަން ވާނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އއ. ރަސްދޫގައި އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭނު ނިންމުމަށް ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ އަކީ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޕާޓީގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނަކީ މިޓީމުގައި މުހިންމު ބައެއް ކަމަށެވެ. ރަށާއި އަތޮޅުތަކާއި ސިޓީތަކުގެ ތަރައްގީގެ ދޮރުތަކުގައި މިޓީމުން ބާރަށް ޓަކި ޖަހާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކާއި ކުރިއަށްހުރި މަޝްރޫއުތަކަށް އަލިއަޅުއްވައިލަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށިފައި ނުވާ އެއްވެސް ރަށެއް މިހާރު ނެތް ކަމަށެވެ. އަމާޒަކީ ދައުރު ނިމޭއިރު ހުރިހާ ނަރުދަމާއަކުން އަތް ދޫކޮށްލުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ފެނުގެ ނިޒާމެއް ވެސް މިހާރު ހިނގަ ހިނގާ ހުރީ ތާޒާކަން މަތީ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަސް ޓާޝަރީ ހޮސްޕިޓަލެއްގެ ހިދުމަތް ފެށިގެން ދިޔަ ކަމަށާއި މާލެ ފުރަބަންދަކަށް ދިޔަ ދުވަސްކޮޅު އަތޮޅުތެރެ ހިފަހައްޓައިލީ މި ހޮސްޕިޓަލްތަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ސިއްހީ ނިޒާމަށް ކުރަންޖެހޭ ދަތުރުކުޑަވެ ހަރަދު ކުޑަވެއްޖެ. އެމްއާރްއައި އަދި ސީޓީ ސްކޭން ފަދަ ޒަމާނީ ފެންވަރުގެ ހިދުމަތްތައް މި ހޮސްޕިޓަލްތަކުން ލިބުނު. މި ހޮސްޕިޓަލުތަކުން މާލެ ނާރައި އެތައް ބައްޔަކަށް ފަރުވާ ހޯދިއްޖެ. ފުރަމާލެ ބަންދުވުމުން ރާއްޖެ ހިފަހައްޓައިލީ މި ހޮސްޕިޓަލުތަކުން" ރަސްދޫ ފަޅުގައި ހަދާފައިވާ ސްޓޭޖެއްގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ދަތުރުފަތުރުގެ އިންގިލާބު ލިޔެފައި ވާނީ ވިހި ތިރީސް މިނެޓްގެ ދަތުރަކަށްފަހު ކޮންމެ ރަށަކުން ވެސް ވައިގެ މަގާ ގުޅޭނެ ގޮތަށް ކަމަށާއި ހައިސްޕީޑް ފެރީގެ ފެށުން މި އަހަރުގެ ފަހުކޮޅު ބޮޑުތިލަދުންމަތިން ފެށިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރު ހަމައެކަނި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ބަޖެޓް ކުރާނެ ކަމަށެވެ. މާލޭގެ ހާސްކަމަށް ލުޔެއް ހޯދައިދިނުމަށް 5000 ހައުސިން އެޅޭނެ ކަމަށާއި އަމާޒަކީ މިއަދަދު 13000 ޔުނިޓަށް ބަދަލުކުރުން ކަމަށް ވިދާޅުވި އެވެ.
"މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު ކަރަންޓާ އެއްފަދައިން، މިއިން ޒަމާނަކު ނުވާވަރަށް އައިސްޕްލާންޓާ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އެދަނީ އިތުރުވަމުން. މިލަނޑުދަނޑި ހާސިލުވެ ނިމޭއިރު އިތުރު 525 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓް 20 ރަށެއްގައި އަލަށް ގާއިމު ކުރެވޭނެ. އިތުރު 9700 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަލަށް ގާއިމުވެ ނިމޭނެ،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުންމީދާ އެދުމާ އަދި އިލްތިމާސް ވަރަށް ސާފު. އެއީ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުން އެކީ އެއްވަލަށް ހިއްޕަވާ މަރުކަޒީ ބާއޮޑި ދިރުނބަލަށް އެހެލައި ދެއްވާ،" ރައީސްގެ ވާހަކަފުޅު ނިންމަވައިލަމުން ވިދާޅުވި އެވެ.