ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ސަލްމާންގެ "ރާދޭ" އީދުގައި ރިލީޒް ނުކުރެވިދާނެ

އަންނަ ފިތުރު އީދު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އެ ދުވަހު ރިލީޒްނުކުރެވިދާނެ ކަމަށް ސަލްމާން ޚާން ބުނެފި އެވެ.

ސަލްމާން އޮންލައިންކޮށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ކޯވިޑް-19ގެ ހާލަތު އިންޑީޔާގައި ޚާއްސަކޮށް މަހަރަޝްތުރާގައި ވަރަށް ގޯސްވެފައިވާތީ އާއި މިހާރުވެސް އެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ފިލްމު ރިލީޒްކުރެވޭ ގޮތް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަހަރެމެން އެބަ މަސައްކަތް ކުރަން އީދު ދުވަހު ރިލީޒްކުރެވޭނެ ގޮތެއް ވޭތޯ. ނަމަވެސް އެ ދުވަހާ ހަމަޔަށް ވެސް ލޮކްޑައުން ކޮށްފައި އޮވެއްޖެނަމަ ދެން ޖެހޭނީ އަނެއް އީދަށް ރިލީޒްކުރުން ފަސްކުރަން. ނަމަވެސް ސަރުކާރުން އަންގާ އެންގުންތަކަށް އެންމެން ވެސް ތަބާވެ މާސްކް އަޅައިގެން އުޅުމާއި ސޯޝަލް ޑިސްޓެންސިން އަށް ސަމާލުކަން ދީގެން އެންމެންވެސް އުޅެފިނަމަ ކޭސްތައް މަދުވެ ފިތުރު އީދުގައި ފިލްމު ރިލީޒް ކުރެވޭ ގޮތް ވެދާނެ،" ސަލްމާން ބުންޏެވެ.

ސަލްމާން އިތުރަށް ބުނި ގޮތުގައި ކޯވިޑް ޕްރޮޓޮކޯލް އަށް ސަމާލުކަން ނުދީ ފަރުވާ ކުޑަކޮށް އިންޑިޔާ މީހުން އުޅޭނަމަ އިތުރަށް ކޯވިޑްގެ ހާލަތު ގޯސްވެ އޭގެ ގެއްލުން ވާނީ ހަމައެކަނި ތިއޭޓަރުތަކުގެ ވެރިންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނަށް އެކަންޏެއް ނޫނެވެ. ގިނަ ބައެއްގެ ފުރާނަގޮސް އެތައް ބަޔަކު މަރާ ހަނގުރާމަކުރަން ޖެހޭ ފަދަ ހާލަތެއް ވެސް މެދުވެރިވެދާނެ އެވެ.

ސަލްމާނާއި ދިޝާ ޕަޓްނީ ލީޑް ރޯލު ކުޅެފައިވާ "ރާދޭ" ރިލީޒްކުރާނެ ކަމަށް މިހާރު އިއުލާން ކޮށްފައިވަނީ އަންނަ މޭ މަހުގެ 13 ވަނަ ދުވަހެވެ.