ބޭންކް އޮފް މޯލްޑިވްސް

މަކުނުދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ހދ. މަކުނުދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފި އެވެ.

މިތަނުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.

ބީއެމްއެލް އިން ބުނީ އަލަށް ބެހެއްޓި އޭޓީއެމް އާއި އެކީ ހދ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށިއްޖެ ކަމަށެވެ. މަކުނުދޫގެ އިތުރުން ހަނިމާދޫ އަދި ކުޅުދުއްފުށީގައި އޭޓީއެމްގެ ހިދުމަތް ދެމުން އަންނަ ކަމަށް ބުނެ އެވެ.

ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗް ހުންނައިރު ބީއެމްއެލް އިން މަސައްކަތް ކުރަމުން އަންނަނީ އޭޓީއެމްގެ ހިދުމަތް ފުޅާ ކުރުމަށެވެ. އެގޮތުން މުޅި ރާއްޖޭގައި 67 ސެލްފްސާވިސް ބޭންކިން ސެންޓަރު، 128 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ 10 ރަށެއްގައި އަލަށް ސެލްފް ސާވިސް އޭޓީއެމް ސެންޓަރު ހުޅުވައި، އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމްތަކުން ސެލްފް ސާވިސް ހިދުމަތް ލިބޭނެހެން ބަދަލު ގެނެސްފަ އެވެ.