އައިޖީއެމްއެޗް

ރޯދަމަހު އައިޖީއެމްއެޗުން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ރޯދަމަހު އައިޖީއެމްއެޗުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި އެވެ.

އައިޖީއެމްއެދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޯދަ މަހު ޖެނެރަލް އޯޕީޑީގެ ހިދުމަތް ލިބޭނީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް އަދި ހަވީރު 4:00 އިން މެންދަމު 12:00 އަށް ކަމަށެވެ.

ސްޕެޝަލް އޯޕީޑީ ކޮންސަލްޓޭޝަންގެ ހިދުމަތް ރޯދަ މަހު ލިބޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ލެބޯޓްރީގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ހެނދުނު 8:00 އިން 4:00 އަށެވެ.

އައިޖީއެމްއެޗްގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ދޭ ހިދުމަތްތަކުގެ ތެރެއިން އެމްއާރުއައި، އެކްސްރޭ އަދި އަލްޓްރާ ސައުންޑްގެ ހިދުމަތް ހެނދުނު 9:00 އިން 4:00 އަށް ލިބިގެންދާއިރު ސީޓީ ސްކޭންގެ ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

މީގެއިތުރުން ފިޒިއޮތެރަޕީގެ ހިދުމަތް ހެނދުނު 9:00 އިން ހަވީރު 4:00 އަށް ލިބޭނެ ކަމަށާއި، އީސީޖީގެ ހިދުމަތް ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް ލިބޭނެ އެވެ. އަދި އެންޑޮސްކޯޕީ އާއި ކޮލޮނޮސްކޯޕީގެ ހިދުމަތް ހެނދުނު 9:00 އިން 11:30 އަށް ލިބޭނެ ހިދުމަތް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން އިކޯކާޑިއޮގްރަފީގެ ހިދުމަތް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ލިބޭނެ ކަމަށާއި ސްޕީޗް ތެރަޕީގެ ހިދުމަތް ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ލިބޭނެ ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ ޓްރޯމާ އަދި އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ މީހުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.