އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ މޭޔަރުކަން ނިޒާރަށް

އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު އިންތިހާބުވެއްޖެ އެވެ.

އަލީ ނިޒާރު ވަނީ 1،400 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އަލީ ނިޒާރާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ލަތީފްއަށް ލިބިވަޑައިގެންފައިވަނީ 1،100 އެއްހާ ވޯޓެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން އިބްރާހިމް ތޯހިރު ވާދަކުރެއްވިއެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 60 ވޯޓެވެ.

އައްޑޫ ސިޓީގެ ސާފު މެޖޯރިޓީ މި އިންތިހާބުގައި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އިންތިހާބުގެ މިހާތަނުން ސާފުކުރެވުނު ނަތީޖާތަކުން އެމްޑީޕީއަށް ލިބިފައިވަނީ ހަތް ގޮނޑިއެވެ. ތިން ގޮނޑިއެއް ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި ތިން ކެންޑިޑޭޓަކުވެސް ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ.

މިއީ މިހާތަނަށް ބޭއްވުނު އިންތިހާބަކުން އައްޑޫގައި ނިކުތް އެންމެ ތަފާތު ނަތީޖާއެވެ.