ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރަކަށް އާތިފް

Apr 11, 2021

ކުޅުދުއްފުށީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު އާތިފް އިންތިހާބުވެވަޑައިގެންފި އެވެ.

ކުޅުދުއްފުށީގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އާތިފާ އެންމެ ގާތުން ވާދަކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ އިގްބާލެވެ.

ކުޅުދުއްފުށީގެ މޭޔަރު ކަމަށް ދެން ވާދަކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނެވެ. އެއީ ހަވީރު ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ސައީދާއި އަމިއްލަ ގޮތުން ވާދަކުރެއްވި އާދަމް ޝަރީފް މުހައްމަދެވެ.

ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު މޭޔަރެއް ހޮވި މިއީ ފުރަތަމަ އިންތިހާބެވެ.

ކުޅުދުއްފުށި ކައުންސިލްގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.