ފުވައްމުލައް

ފުވައްމުލަކުގެ ފަސް ގޮނޑި އެމްޑީޕީއަށް

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފުވައްމުލަކު ސިޓީގެ މެޖޯރިޓީ ސަރުކާރު ހިންގާ އެމްޑީޕީން ނަގައިފި އެވެ.

މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިސްމާއިލް ރަފީގު ވަނީ މޭޔަރު ކަަމަށް އިންތިހާބުވެވަޑައިގެންފައެވެ. މި އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓަކުވެސް ވަނީ މޭޔަރު ކަމަށް ވާދަކުރައްވާފައެވެ.

މިއަދުގެ އިންތިހާބުގައި ފުވައްމުލަކު ސިޓީގެ ހަތް ގޮނޑީގެ ތެރެއިން ފަސް ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. ދެން އޮތް ދެ ދާއިރާ ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްއިންނެވެ.

މިފަަހަރުގެ އިންތިހާބުގައި އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ނަމަވެސް އެމްޑީޕީ ހައިރާން ކޮށްލުމަށް ފަހު މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.