ލައިފްސްޓައިލް

19 އަހަރު ފަހުން "ކަސޯޓީ"ގެ އަނުރާގު އެނބުރި އަންނަނީ

ޓީވީ ސިލްސިލާތައް ބަލާ ގިނަ ބަޔަކު ސިޒޭން ޚާން ދަންނަނީ "ކަސޯޓީ ޒިންދަގީ ކޭ" ގެ ފުރަތަމަ ސީޒަންގައި އޭނާ އަދާކުރި އަނުރާގު ބާސޫގެ ރޯލުންނެވެ. ޕްރޭރްނާގެ ރޯލު ކުޅުނު ޝްވޭތާ ތިވާރީ އާއި ސިޒޭންގެ ކެމިސްޓްރީ ރަނގަޅުކަމުން އެ ދުވަސްވަރުގެ އެންމެ މަގްބޫލު ޖޯޑަކަށް އެ ޖޯޑުވި އެވެ.

"ކަސޯޓީ"ގެ ފުރަތަމަ ސީޒަން ނިމުމާއެކު ސިޒޭން ވެސް ޓީވީ ސްކްރީނުތަކުން މަޑުމަޑުން ގެއްލުނީ އެވެ. އޭގެ 19 އަހަރު ފަހުން އެތައް އަހަރެއް ފަހުން މިހާރު އަނެއްކާވެސް ސިޒޭން ޓީވީ ސްކްރީނަށް އެނބުރި އަންނަން ވަނީ ތައްޔާރުވެފަ އެވެ. މިފަހަރު އޭނާ ފެންނަނީ ކަލާޒް ޓީވީގެ "ޝަކްތީ: އޭކް އަސްތިތުވަ ކޭ އެހްސާސް" އިންނެވެ. މި ޝޯގެ މިފަހަރުގެ ސީޒަންގެ ވާހަކައިގެ އަޑު މިހާރު ވަރަށް ގަދަވެގެން އުޅެނީ ފުރަތަމަ ސީޒަންއިން ވިދާލީ ރޫބީނާ ޑިލައިކް މި ފަހަރުގެ ސީޒަންގައި ވެސް ބައިވެރިވާކަން އިއުލާން ކުރުމާ ގުޅިގެންނެވެ.

ފުރަތަމަ ސީޒަންގައި ރޫބީނާ އާއެކު ލީޑް ރޯލު ކުޅުނު އެކްޓަރަކީ ވިވިއަން ދަސޭނާ އެވެ. ނަމަވެސް މިފަހަރުގެ ސީޒަންގައި ރޫބީނާ އާއެކު ލީޑު ރޯލުކުޅޭނީ ސިޒޭން އެވެ.

"ޝަކްތީ"ގެ ލީޑް ރޯލު ލިބުނީތީ ސިޒޭން ވަނީ އުފަލުން ފޮޅިފަ އެވެ. މީގެ ކުރިން ޓީވީ ބެލުންތެރިން އޭނާއަށް ދިން ލޯތްބާއި ތާއީދު އަލަށް ހުޅުވާލާ ޗެޕްޓަރުން ވެސް ލިބޭނެ ކަމަށް ސިޒޭން އުންމިދުކުރެ އެވެ.

ނަވާރަ އަހަރުގެ ދިގު މުއްދަތަކު ޓީވީ ސްކްރީނާ ދުރުގައި ހުރެފައި ސިޒޭން އެނބުރި އަންނަން ނިންމާނީ ހަމަ ގައިމުވެސް އޭނާއަށް ވަރަށް ކަމުދާ ސިލްސިލާއެއް ވީމަތާ އެވެ. ސިޒޭން ބުނީ ހަމަ ހަގިގަތުގައި ވެސް "ޝަކްތީ"ގައި އޭނާ ކުޅޭ ހަރްމަންގެ ކެރެކްޓާ ވަރަށް ޝައުގުވެރި ކަމަށެވެ.

ރޫބީނާގެ ކެރެކްޓާކަމަށްވާ ސޯމްޔާ އާއި ހަރްމަންގެ ލޯބި މިފަހަރުގެ ސިޒަންގައި އާ އުސްމިންތަކަކަށް ދަތުރުކުރާނެ ކަމަށާއި ހަރްމަންގެ ކެރެކްޓާއަކީ ލޯބީގައި ދެ ވަނައެއް ނެތް ފަދަ މީހެއްގެ ކެރެކްޓާ ކަމަށް ސިޒާން ބުންޏެވެ.
މިއީ ރޫބީނާ އާއި ސިޒާން އެކުގައި ބައިވެރިޔާ ފުރަތަމަ ޕްރޮޖެކްޓަށް ވާތީ ބެލުންތެރިން މި ޖޯޑަށް ވަރަށް ބޮޑު ތަރުހީބެއް ދޭނެކަމަށް ސިޒާން އުންމިދު ކުރެ އެވެ.

ސޯމްޔާގެ ކެރެކްޓާ އަނެއްކާވެސް ކުޅެން ލިބުނީތީ ރޫބީނާ ވެސް ހުރީ އުފަލުންނެވެ. އޭނާ ބުނީ އަނެއްކާވެސް ސޯމްޔާ ފަދަ ހިތްވަރުގަދަ، އަޒުމް ވަރުގަދަ، ބާރުގަދަ ކެރެކްޓާއަކާއެކު އެނބުރި އާދެވޭތީ އުފާކުރާ ކަމަށެވެ. އަދި ޝޯގެ ކާސްޓުންނާ ބައްދަލުކުރާ ހިތުން ކެތްމަދުވެފައިވާ ކަމަށެވެ.