ރައީސް މުހައްމަދު ނަޝީދު

މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަަދި ކުރީގެ ރަައީސް މުހައްމަދު ނަޝީދު
0%
0%
0%

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގައި މާލޭގެ މޭޔަރު ކަަމަށް އިންތިހާބު ވެވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފުރިހަަމަ އެއްބާރުލުން ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރެެެއްވުމުގައި މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް މިއަދު ރަައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި މުއިއްޒަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ވިދާޅުވީ މާލޭގެ ކަންކަން ހައްލު ކުރުމަށް މުއިއްޒު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ފަރާތުން މަނިކުފާނަަށް ދޭން ޖެހޭ އެއްބާރުލުން ދޭނަން" ރައީސް ނަޝީދުގެ ޓުވީޓުގައި ވެއެވެ.

މުއިއްޒު މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވީ އެ މަގާމަށް ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަދި އެ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރާ ވާދަކޮށް ބޮޑު ތަފާތަކުން 61.3 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެން ނެވެ.

އިންތިހާބް ކާމިޔާބް ކުރެއްވުމަށް ފަހު މުއިއްޒު ރޭ ވިދާޅުވީ މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއެކު މަސައްކަތް ކުރާހާ ހިނދަކު ސަރުކާރާއެކު މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަަމަށެވެ.

އެގޮތުން ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް އިސްނަގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މުއިއްޒު ރޭ ދެއްވި އެވެ. އެހެން ނަަމަވެސް ސަރުކާރުން ރައްޔިތުންނަށް ފައިދާ ނުވާކަމެއް ކުރާނަމަ އެކަމެއް ސަރުކާރަށް ހުށަހަޅައިގެން އެކަމެއް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910