ލައިފްސްޓައިލް

މުއްސަންޖަކަށް ކިޑްނީ ނުވިއްކާ ޔަތީމަކަށް ހަދިޔާކޮށްފި

ސައޫދީ އަރަބިޔާގެ ޒުވާން ފިރިހެނަކަށް އޭނާގެ ކިޑްނީ ތިން މިލިއަން ސައޫދީ ރިޔާލަށް ވިއްކާލާނެ ފުރުސަތު ލިބުމުން އެކަމާ އިންކާރު ކޮށްފި އެވެ. އޭނާގެ ކިޑްނީ ބޭނުންވީ ވަރަށް ބޮޑު ވިޔަފާރިވެރިއަކަށެވެ. ނަމަވެސް އޭނާ އެކަމަށް އިންކާރުކޮށް ކުރުމަށް ފަހު އޭނާ ވަނީ ޔަތީމު ކުޑަ އަންހެންކުއްޖަކަށް ކިޑްނީ ހަދިޔާކޮށްފަ އެވެ. އަދި އެވެސް އެ ކުއްޖާގެ އާއިލާގެ އަތުން އެންމެ ފައިސާފޮއްޗެއް ވެސް އަތުނުލަ އެވެ.

ސައޫދީ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި މި ފިރިހެންމީހާ، އަލީ އަލްދަބްއާން ބުނި ގޮތުގައި އޭނާއަކީ ހެއިލްގައި ހުންނަ ޗެރިޓަބަލް އޮގަނައިޒޭޝަން އެއްގެ ސީއީއޯ އެކެވެ. އަދި ކުޑަ އަންހެންކުއްޖާ އެ އޮގަނައިޒޭޝަނުން ސްޕޮންސާ ކޮށްފައިވާ ކުއްޖެކެވެ.

"އަހަރެމެން އެ ޔަތީމު ކުއްޖާ އައިޝާ ޑައިލެސިސް ހަދަން ޑައިލެސިސް ސެންޓަރަށް ގޮވައިގެން ގޮސް އުޅެން. އަހަރެން އަބަދުވެސް އެ ކުއްޖާގެ ހާލަތު ބަލަމުން ގެންދަން. އެގޮތުން އޭނާއަށް އަހަރެންގެ ކިޑްނީ މެޗުވާތީ ހަދިޔާކުރަން ނިންމީ،" އަލްދަބްއާން ބުންޏެވެ.

އައިޝާ އަށް ކިޑްނީ ދޭން އަލްދަބްއާން ތައްޔާރުވަމުން ދަނިކޮށް އޭނާއަށް ކޯލެއް ލިބުނެވެ. ދުވަސްވީ ވިޔަފާރިވެރިޔަކު އޭނާގެ ކިޑްނީ ބޭނުންވެގެން ތިން މިލިއަން ސައޫދީ ރިޔާލަޔަށް ގަންނަން ބޭނުންވެގެންނެވެ.