ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ތިން ފަހަރަށް ކޮވިޑް ޖެހުމުން ވަރިކޮށްފި

އަނބިމީހާ ތިން ފަހަރަށް ކޮވިޑް-19 ޖެހުމުން އައި ރުޅިން ޖޯޑަން މީހަކު އަންހެނުން ވަރިކޮށްފި ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފި އެވެ. ފާއިތުވީ މަސްތަކުގައި މި މީހާއަށް ތިން ފަހަރެއްގެ މަތިން ބަލި ޖެހިފައި ވެއެވެ.

ފިރިހެންމީހާ ބުނާގޮތުގައި ކައިވެންޏަށް 15 އަހަރު ފުރުނު ފަހުން އަނބިމީހާ ވަރިކުރީ އޭނާގެ ފަރުވާ ކުޑަކަމުން އަދަބު ދިނުމުގެ ގޮތުންނެވެ. އަންހެންމީހާ ފަރުވާ ކުޑަ ކަމަށް އޭނާގެ ފިރިމީހާ ނިންމީ ތިން ފަހަރަށް އޭނާއަށް ކޮވިޑް-19 ޖެހިގެނެވެ.

"އަހަރެން އަންހެނުން ވަރިކޮށްފިން. ކޮންމެ ގޮތެއް ވިޔަސް ދެން އޭނާ އާ ދުވަހަކު ވެސް ސުލްހަވެ އަލުން ކައިވެނި ކުރާކަށް ބޭނުމެއް ނޫން. އޭނާއަށް ކޮވިޑް އިންފެކްޝަން ތިން ފަހަރު ވެސް ޖެހިފައި ވަނީ ރައްޓެހިންނާއެކު އަބަދު ބާޒާރު ކުރަން ބޭރުގައި އުޅޭތީ. އޭނާގެ ފަރުވާ ކުޑަކަމުން އަހަރެން މަރުވާކަށް ބޭނުމެއް ނޫން،" ފިރިހެންމީހާ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވެއެވެ.

ދިހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖޯޑަންގައި ފާއިތުވީ ދުވަސްތަކުގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރެން ފަށާފައި ވެއެވެ. މިހާތަނަށް އެ ގައުމުގެ 6.5 ލައްކަ އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު 7646 މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.