ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން އާކް އަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި

Apr 12, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި އެހީއަކީ މުޖުތަމައަށް ދެމުންދާ މާލީ އެހީތެރިކަމުގެ ދަށުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް މި ރޯދަ މަހު އެހީއެއްގެ ގޮތުގައި ދިން ހަދިޔާއެއް ކަމަށެވެ.

މި ފައިސާ ހަދިޔާކޮށްފައިވަނީ އެޖަމިއްޔާ އިން ހިންގާ އާކް އެއިޑް ޕްރޮގްރާމަށެވެ.

އާކް އެއިޑް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާ ތަކަށް އަންނަނީ އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

ބޭންކުން ހަދިޔާ ކުރި މި ފައިސާ އިން މާލޭގައ ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު ވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވި ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް ދެލައްކަ ރުފިޔާ ހަދިޔާކޮށްފަ އެވެ. މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 587 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.