ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ވިކީއާ ކެޓުރީނާ އެކުގައި ޕޮޒިޓިވްވުން ވެސް ޖޯކަކަށް

ވިކީ ކޯޝަލް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކަން އިއުލާން ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ކެޓްރީނާ ކައިފް ވެސް ވަނީ އޭނާ ވެސް ބައްޔަށް ޕޮޒިޓިވްކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

ވިކި އާއި ކެޓްރީނާ އަށް ދާދި އެކުއެކުގައި ކޮވިޑް ޖެހުން ވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނެގީ ވަރަށް ހެއްވާ މަޖާ ކަމެއްގެ ގޮތުގަ އެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވުމާއި އެ ވާހަކަ ސިއްރު ކޮށްގެން އުޅެނިކޮށް މިފަދަ ކަމެއް ދިމާވީމަ އެވެ.

ވިކީ އާއި ކެޓުރީނާއަށް ޖޯކް ޖަހަން މީހުން އެހާ ބޮޑު ޝައުގުވެރި ކަމެއް ދިނީ އެމީހުން މާ ނޫން ކަމަށް ހަދައިގެން ރައްޓެހިވެގެން އުޅޭކަން ފޮރުވަން މަސައްކަތް ކުރާތީ އެވެ. މި ދެ ތަރިންނަށް ކޯވިޑް ޖެހުމާ ގުޅުވައި ތައްޔާރުކޮށްފައިވާ މީމްސް ތަކުން އިންޓަނެޓު ފުރިގެން ބަންޑުންދާ ވަރު މިހާރު ވަނީ ކޮށްލާފަ އެވެ.

ހުރިހާ މީމްސް ތަކުން ވެސް އެންމެ މަޖާ އެ މީމް އެއްގެ ގޮތުގައި ފާޙަގަ ކުރެވުނީ ސޮނީ ޓީވީގެ ކްރައިމް ޝޯ "ސީއައިޑީ" ގެ މަޝްހޫރު ޑައިލޯގަކަށް "ދަޔާ. ކުޗް ތޯ ގަޑްބަޑް ހޭ" -- ދާޔާ. ކޮންމެވެސް ގޯހެއް އެބައުޅެޔޭ -- ބުނާ މީމް އެވެ.

ވިކީ އާއި ކެޓުރީނާގެ އިތުރުން ވެސް ބޮލިވުޑް ގިނަ އެކްޓަރުންތަކެއް މިހާރު ދަނީ ކޯވިޑް ޖެހި އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި ބައެއް އެކްޓަރުން މިހާރު ބަލިން ފަސޭހަވެފައި ވެއެވެ.

ކޮވިޑް ނަތީޖާ ނެގެޓިވް ވެއްޖެކަން އިއުލާންކުރި އެކްޓަރުންގެ ތެރޭގައި އަކްޝޭ ކުމާޜާއި ރަންބީރު ކަޕޫރު އަދި ކާރްތިކް އާރްޔަން ހިމެނެ އެވެ.