ޔުކްރޭންގެ ބޯޑަރު ސަރަހައްދުން ރަޝިއާގެ އަސްކަރީ ފައުޖުތައް ދުރު ކުރުމަށް ނޭޓޯއިން އަންގައިފި އެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯޓެންބާގް ވިދާޅުވީ ޔުކްރޭންގެ ސަރަހައްދީ ރޮނގު މައްޗަށް ރަޝީއާގެ ފައުޖުތައް ޖަމާ ކުރުން ހުއްޓާލަން ވެއްޖެ ކަމަށެވެ.
"މީހުން ރުޅި އަރުވައިގެން ރަޝިއާއާށް ކުރެވޭނެ ކަމެއް ނެތް،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވީ ޔުކްރޭންގެ ފޮރިން މިނިސްޓަރު ދިމިތުރޯ ކޫލެބާ އާއެކު ނޫސްވެރިންގެ ބައްދަލު ވުމެއްގަ އެވެ.
ނޭޓޯއިން މިހާރު ތައްޔާރުވަމުން އަންނަނީ ނޭޓޯ-ޔުކްރޭން ކޮމިޝަންގެ "އެކްސްޓްރާ އޯޑިނަރީ" ބައްދަލުވުމަށެވެ. ބޭނުމަކީ ރަޝިއާ އަސްކަރީ ފައުޖުތަކުގެ ހަރަކާތްތައް ހުންނަ ގޮތެއް ބަލައި އަޅާނެ ފިޔަވަޅުތަކެއް ކަނޑަ އެޅުމެވެ. ރަޝިއާ-ޔުކްރޭން މަޝްރަހު އުދާސްވެފައި އޮތްއިރު ހަމަލާ ބަދަލު ކުރުމަކީ ވެސް ހިނގާފާނެ އަމަލެކެވެ.
ސްޓޯޓެންބާގް ވިދާޅުވީ ރަޝިއާއިން ޔުކްރޭން ސަރަހައްދަށް އަސްކަރީ ފައުޖުތައް ޖަމާ ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިއާއިން 2014 ގައި ކްރައިމިއާއަށް އަރައިގަތްއިރު އަސްކަރީ ހަރަކާތްތައް ހުރި ގޮތް ހަނދުމަފުޅުވެ ވަޑައިގަންނަވާ ކަމަށާއި އެއަށް ވުރެ މިފަހަރު މާބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.
"ރަޝިއާގެ ފައުޖުތައް ދުރަށް ޖައްސަން ޖެހޭ،" ސްޓޯޓެންބާގް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތިބީ ވަރަށް ކަންބޮޑުވެފައި،"
"ހަނގުރާމަ ކުރުމަކީ ޔުކްރޭން އެދޭ ގޮތެއް ނޫން" ފޮރިން މިނިސްޓަރު ކޫލެބާ ވިދާޅުވި އެވެ. "އެހެން ނަމަވެސް ނޭޓޯގެ އަމަލީ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ"
އޭނާ ވިދާޅުވީ ވަގުތު ނަގާލެވެން ނެތް ކަމަށާއި ރަޝިއާއިން ޖައްސާހާ ވައްތަރަކަށް ބަހައްޓައިގެން ތިބެވޭކަށް ވެސް ނެތް ކަމަށެވެ. ކޫލެބާ ވިދާޅުވީ ރަޝީއާއިން ޔުކްރޭންއަށް އަރައިގެންފި ނަމަ މުޅި ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ ކަމަށެވެ.
ނޭޓޯގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުމުގެ ބޭނުމަކީ 2014 ގައި ޅަކޮށް އެޅިފައި ހުރި ކަންތައްތައް ހަރުދަނާކޮށް އަމަލީ ގޮތުން ހަރަކާތްތެރިވާނެ ބާރެއް އެކުލަވައިލުމެވެ.