ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކިނބިދޫ

ކިނބިދޫން ޕޮޒިޓިވްވީ މީހުންގެ އަދަދު 12 އަށް

ތ. ކިނބިދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 12 އަށް އަރައިފި އެވެ.

ކިނބިދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މުހައްމަދު އާތިފް އަވަސް އަށް މިއަދު ވިދާޅުވީ ރޭ އެ ރަށުން ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ މީހުންނާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު 12 އަށް އަރާފައިވާ ކަމަށެވެ.

ކިނބިދޫއިން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ފުރަތަމަ ޕޮޒިޓިވްވީ ތ. ވޭމަންޑޫއިން އެރަށަށް ދިޔަ މީހެެކެވެ. އޭގެ ފަހުން އެރަށް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

އާތިފް ވިދާޅުވީ ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި އަދި އިތުރު މީހުންގެ ކޮންޓެކެޓް ޓްރޭސިން ހަދައި ސާމްޕަލްތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ 25,759 މީހަކު ފެނިފައިވާއިރު ބަލީގައި 67 މީހަކު ވަނީ މަރުވެފަ އެވެ.