ހަބަރު

ވަގަށް ނެގި ސައިކަލެއް ދުއްވި މީހަކު ހަ މަހަށް ޖަލަށް

Jan 14, 2015

ސައިކަލެއް ވަގަށް ނަގައިގެން ދުއްވި މީހަކު ހަ މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓްގެ މި ހުކުމް އައިސްފައި ވަނީ މ. ހިކަނދިމާގޭ ޙަސަން ނާޒިމް 40، ގެ މައްޗަށެވެ.

ދައުލަތުން ނާޒިމަށް ދައުވާ ކުރީ މިދިއަ ހުކުރު "އީވް" ކްލިނިކް ކައިރިން ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވި މައްސަލައިގަ އެވެ. ހުކުމުގައި ބުނެފައި ވަނީ އެ ދުވަހު ނާޒިމް ދުއްވީ އެހެން މީހެއްގެ ސައިކަލެއްކަން ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާހިނދު، އެ ސައިކަލަކީ ޙުސައިން ކިޔާ މީހަކު އޭނާ ދުއްވަން ދިން ސައިކަލެއް ކަމަށް އޭނާ ބުނި ނަމަވެސް، އޭނާއަށް އެ ސައިކަލު ލިބުނުގޮތެއް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.