ބޭންކް އޮފް މޯލްޑިވްސް

ކުޅުދުއްފުއްޓަށް އިތުރު އޭޓީއެމެއް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހދ. ކުޅުދުއްފުށި ބްރާންޗުގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

ކުޅުދުއްފުށި ސިޓީގެ ބީއެމްއެލް ބްރާންޗްގައި ބެހެއްޓި މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭންކިންގެ ހިދުމަތް ލިބޭނެ އެވެ. އަލަށް ބެހެއްޓި އޭޓީއެމާއެކު އެ ސިޓީގައި މިހާރު ދެ ސެލްފް ސާވިސް އޭޓީއެމް ހުންނާނެ އެވެ.

ފުރަތަމަ ސެލްފް ސާވިސް އޭޓީއެމް ބެހެއްޓީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އިމާރާތުގަ އެވެ.

ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗް ހުންނައިރު، 69 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 130 އޭޓީއެމް ބަހައްޓާފައި ވެއެވެ.