ޓެކްނޯލޮޖީ

ތުރުކީން ގޫގުލް 36.6 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ގޫގުލްއިން ވިޔަފާރީގައި ވާދަވެރިކަން ގެެއްލުވާލައި ހަމަހަމަ ފުރުސަތު ނުދޭ ކަމަށް ބުނެ ތުރުކީ އިދާރާތަކުން ގޫގުލް 36.6 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ. އިދާރާތަކުން ބުނީ ގޫގުލް ސާޗް މެދުވެރިކޮށް ހޯދަން އުޅޭ އެއްޗަށް ވުރެ ބޮޑު އަހަންމިޔަތު ކަމެއް ގޫގުލްގެ އަމިއްލަ އިސްތިހާރުތަކަށް ދޭ ކަމަށެވެ.

ތުރުކީގެ ކޮމްޕެޓިޝަން އޮތޯރިޓީން ބުނީ ގޫގުލްގެ އަމަލަކީ ވިޔަފާރީގައި ހަމަހަމަކަން ނަގާލުން ކަމަށާއި ގޫގުލަށް ފެންނަ ގޮތަކަށް ސާޗް ދެއްކުމުން އުފެއްދުންތަކުގެ ސައްހަކަން ގެއްލިގެންދާ ކަމަށެވެ. އަދި ބުނީ ވަކި އެއްޗެއް ހޯދަން އެދުމުން، އެ އެއްޗެއްގެ މައްޗަށް އެހެން އުފެއްދުމެއް ދެއްކުމުން އެއީ މާރަނގަޅު އުފެއްދުމެއް ކަމަށް މީހުނަށް ގަބޫލު ކުރެވޭ ކަމަށާއި އަސްލު ބޭނުން ވެގެން ހޯދާ އުފެއްދުމަކީ ވުޖޫދުގައި ނެތް އެއްޗެއް ކަމަށް ވެސް ބަލައިގަނެވޭ ކަމަށެވެ.

ވިޔަފާރީގައި ވާދަވެރިންނަށް ފުރުސަތު ގެއްލޭ ގޮތަށް ގޫގުލުން އިސްތިހާރު ކުރުމަކީ ގޫގުލްއަށް ވެސް ލިބޭ ދެރައެކެވެ. ޔޫރަޕްގައި ގޫގުލްއަށް މިފަދަ ކިތަންމެ ލަނޑެއް ވަނީ ލިބިފަ އެވެ. އަދި ބޮޑެތި އަދަދުތަކުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

ގޫގުލް ޖޫރިމަނާ ކުރުމުން އެއަދަދެއް ކަނޑައެޅިފައި އޮންނަ މުއްދަތެއްގައި ދައްކަން ޖެހެ އެވެ. އެނޫން ގޮތެއްގައި ގޫގުލްއަށް ދެން ކުރިމަތިވާނީ އެ ސަރަހައްދަކަށް ޚިދުމަތް ފޯރުކޮށް ނުދެވުމެވެ