ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު ހަމީދު

ސީޕީ ހަމީދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސީޕީ ހަމީދު އެކަން ހާމަ ކުރެއްވީ މިއަދު ކުރިއަށް ގެންދިޔަ ޕޮލިސް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގެ ފޮޓޯއެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ހަމީދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާ މިހާރު ހުންނެވީ ގޭގައި އެކަހެރި ވެގެން ކަމަށާއި އެހެން ނަމަވެސް ވާޗުއަލްކޮށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

"ޕޮލިސް ބޯޑުގެ ހުރިހާ މެމްބަރުންނަށް ވެސް މަރުހަބާ. އަޅުގަނޑު ޔަގީން ކޮށްދޭން ބޭނުން ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އިތުރަށް ޒިންމާދާރު ކުރަން މި ބޯޑުން ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެކަން" ހަމީދުގެ ޓުވީޓުގައިވެ އެވެ.

ހަމީދު ކޮވިޑް 19 އަށް ޕޮޒިޓިވްވީ ކޮންއިރަކު ކަމެއްް ވިދާޅުވެފައެއް އެވެ. އެ މައުލޫމާތު ޕޮލިސް މީޑީއާއިން ވެސް ނުދެ އެވެ.

ރާއްޖެއިން މިހާތަނަށް 25,844 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މި ބަލީގައި 67 މީހުން ވަނީ މަރުވެފަ އެވެ.