ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ވަގުތު އިތުރުކޮށްފި

ރޯދަ މަހު ކޮވިޑް-19 ގެ ވެކްސިން ދޭނީ ރޭގަނޑު ނުވަޔަކުން 11 އަށް ކަމަށް ހަމަޖެއްސި ނަމަވެސް މިރެއިން ފެށިގެން އެ ވަގުތު 11:45 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ މިއަދު ބުނީ ރޯދަ މަހު ވެކްސިން ދޭނީ ރޭގަނޑު ނުވަޔަކުން 11:45 އަށް ހަތް ސެންޓަރެއްގައި ކަމަށެވެ. އެގޮތުން ހަ ސެންޓަރެއްގައި ދޭނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް އެވެ. ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ އެންމެ ސެންޓަރެއްގައެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލްގައި ވެކްސިން ދޭނީވެސް ރޭގަނޑު ނުވަޔަކުން 11 އަށެވެ.

ކޮވިޝީލީޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައެވެ.

ވެކްސިން ވަގުތު އިތުރުކޮށްފައިވަނީ ގިނަ ބަޔަކު ވެކްސިން ޖެހުމަށް ކިޔު ޖެހުމާއި ގުޅިގެންނެވެ.