ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މަޑިފުށީ

މަޑިފުށި މޮނިޓަރިންގެ ހާލަތަށް

ތ. މަޑިފުށީ މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށަށް އަރާ ފޭބުން މަނާކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންް ބުނީ މަޑިފުއްޓަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންއަށް ގެނެސްފައިވަނީ ޕޮޒިޓިވް ކޭސްއަކާއި ގުޅިގެން ކަމަށެވެ. އެ ރަށުން ޕޮޒިޓިވްވެފައިވަނީ ވޭމަންޑޫއަށް ދަތުރުކުރި މީހެކެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނި ވޭމަންޑޫ އަކީ އެޗްޕީއޭ އިން މޮނިޓަރިން އަށް މިހާރު ވެސް ގެންގޮސްފައިވާ ރަށެކެވެ. އެ ކްލަސްޓާ ބޮޑުވެ ކިނބިދޫންވެސް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފައެވެ. އެހެން ކަމުން އެ ރަށްވެސް ވަނީ މޮނިޓަރިންއަށް ގެނެސްފައެވެ. ކިނބިދޫން ނެގި ފަސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ކިނބިދޫން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވްވި ކަން އެނގުނީ ހުންނާތީ ޑޮކްޓަރަށް ދައްކަން ދިއުމުން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެވެ.

ޕޮޒިޓިވްވި ފަސްވަނަ މީހަކީ ތ. ވޭމަންޑޫ އިން ކިނބިދޫ އަށް ދިޔަ މީހެކެވެ.

މިވަގުތު މޮނިޓަރިންގައިވާ ރަށްތައް

  • ކ. ހުރާ،
  • ކ. ދިއްފުށި،
  • ޅ. ނައިފަރު،
  • ޅ. ފެލިވަރު،
  • ޅ. ހިންނަވަރު،
  • ޅ. ކުރެންދޫ،
  • އދ. މާމިގިލި
  • ތ. ވިލުފުށި،
  • ތ. ވޭމަންޑޫ،
  • ތ. ކިނބިދޫ،
  • ތ. އޮމަދޫ
  • ތ. ގާދިއްފުށި،
  • ތ. މަޑިފުށި