ނަވާޒުއްދީން ސިއްދީގީ

ނަވާޒުއްދީނު ސިއްދީގީގެ ފުރަތަމަ ލަވަ އަޑުއަހައިފިންތަ؟

ބޮލިވުޑް އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވެސް ލަވަކިޔުންތެރިއަކަށް ވެއްޖެ އެވެ. އޭނާގެ އަޑުން ކިޔާފައިވާ ފުރަތަމަ ލަވައަކީ "ބޯލެ ޗޫޅިޔާން" ގެ 'ސްވެގީ ޗޫޅިޔާން' އެވެ.

ވަރަށް މޮޅު ފިލްމުތަކާއި ވެބް ސީރިޒްތައް ކުޅެން މަޝްހޫރު ނާވާޒު ބުނި ގޮތުގައި އޭނާގެ އަޑުން ރެކޯޑް ކުރި ފުރަތަމަ ލަވައިގެ ޖުމްލަ ތަކަކީ އޭނާ އަމިއްލައަށް ލިޔާ ނަމަ ދުވަހަކު ވެސް ލިޔާނެ ކަހަލަ ޖުމްލަތަކެއް ނޫނެވެ.

މި ލަވައިގެ މިއުޒިކް ވީޑީއޯ މިހާރު ވަނީ ރިލިޒް ކޮށްފަ އެވެ. ވީޑިއޯގައި ފެންނަނީ ރަސްކަމުގެ ތަހުތެއްގައި އިނދެގެން ރެޕް ލަވައެއް ކިޔާ މަންޒަރެވެ. ލަވައިގެ މަންޒަރުތަކަށް ބަލާލުމުން މި ލަވައަކީ ނަވާޒުއްދީނު އަމިއްލަ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ކިޔާ ލަވައެއް ކަމަށް ލަފާ ކުރެވެ އެވެ.

ނަވާޒުއްދީނުގެ އަޑުން ކިޔާފައިވާ ލަވަ

ނަވާޒުއްދީނަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ ހުނަރުވެރި އެކްޓަރުން ތެރޭގައި ހިމެނޭ އެކްޓަރެކެވެ. ސަލްމާން ޚާނާއި އާމިރު ޚާން ފަދަ ބައެއް އެކްޓަރުން އެމީހުންގެ އަމިއްލަ އަޑުން ލަވަތައް ރެކޯޑްކޮށްފައި ވެއެވެ.