ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޝާހިދު

ޑަބްލިއުއެޗްއޯގެ އާ މަންދޫބު ޝާހިދުއާ ބައްދަލުކުރައްވައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު މަންދޫބު، ޑރ. ނާޒްނީން އަންވަރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި ޑރ. ނާޒްނީން ވަނީ އެކަމަނާގެ ލެޓާ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރު ޝާހިދަށް އަރުވާފައެވެ.

ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު އާއި ޑރ. ނާޒްނީން ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ޑަބްލިއުއެޗްއޯގެ ދައުރާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ޑަބްލިއުއެޗްއޯގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަޅަމުންގެންދާ ފިޔަވަޅު ތަކާބެހޭގޮތުން ވެސް މަޝްވަރާކު ރެއްވިއެވެ.

ކޮވިޑް-19 ދިމާވުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވި އެހީއަށް މިނިސްޓަރު ޝާހިދުވަނީ ޝުކުރު ދަންނަވާފައެވެ. އަދި މިވަގުތު އޮތް ސިއްހީ ހާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާއީ-އިގްތިސާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއުއެޗްއޯ އިން އަދާ ކުރާ ދައުރު ފާހަގަ ކުރައްވާފައިވެއެވެ.

1965 އިން ފެށިގެން ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީ އާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.