މާޔާ

ޕަސެންޖާލައިންތައް ކެންސަލް، މާޔާ ކަންބޮޑުވެފައި!

ރާއްޖެއަށް އައި ކްރޫޒްލައިނާއެއް މާލެ ބަނދަރުގައި.--ފްލިކާ ފޮޓޯ: ތޯހާ
0%
0%
0%

ރާއްޖެއަށް އަންނަން ހުރި ބައެއް ޕެސެންޖާލައިންތަކުގެ ދަތުރުތައް ކެންސަލް ކުރަމުންދާތީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެއަށް ބޮޑެތި ކްރޫޒްލައިނާތަކާއި ސުޕަ ޔޮޓުތައް ގެންނަ މާޔާގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ ޕެސެންޖާލައިންތަކުގެ ދަތުރުތައް ކެންސަލް ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ގެއްލުންވަމުންދާ ކަމަށެވެ.

"ވަރަށް ދެރަގޮތެއް މިވަނީ. މިމަހު އަންނަން އޮތް ދެތިން ޕެސެންޖަރުލައިންގެ ދަތުރު ކެންސަލްކޮށްފި. ވަރަށް ބޮޑު ގެއްލުމެއް މިއީ،" މާޔާގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ޕެސެންޖާލައިނެއް މި މަހުގެ ތެރޭގައި އަންނަން ހަމަޖެހިފައި އޮތް ކަމަށާއި، ނަމަވެސް މިހާރު ކެންސަލްވެފައިވާ ކަމަށެވެ.

"މީގެ ކޮންމެ ކްރޫޒްލައިނާއެކުން ވެސް 1،000 އަށްވުރެ ގިނަ ޓޫރިސްޓުން މާލެ ފައިބާނެ. އެހެންވެ ލަފާކުރެވެނޭ ގާތްގަނޑަކަށް 3،000 ޓޫރިސްޓުން އަންނާނެ ކަމަށް. ނަމަވެސް މިހާރު މިވީ ވަރަށް ދެރަ ގޮތެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ހައި ޕްރޮފައިލް ބައެއް މީހުންގެ ދަތުރުތައްވެސް ކެންސަލްކޮށްފައިވާ ކަމަށެވެ.

"އެ މީހުން ބުނަކީ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ދާން ބޭނުން ނުވާކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ ހަލަބޮލިވުމާ ގުޅިގެން މީގެ ކުރިންވެސް ބައެއް ޕެސެންޖާލައިންތަކުގެ ދަތުރުތައް ކެންސަލްކޮށްފައިވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަލޯބެ

މިޔޮއް އަތަށް ގޮވަނީ ކަލޯމެނޭ،، އަދިވެސް ފައިބާ ހަމަ ބިމަށް ތިރިވޭ،،، ކަލޯމެން ކައިގެން ތިއްބަސް ހާލުގަ އުޅޭ މީހުން ވަރަށް ގިނަ

ގިޔާސް

މިއިކޮނޮމިސްޓް ވެރިއެއްވެރިކަން ކުރާ ގައުމެއް! ބޭރުގައުމުތަކުގެ މީހުންއައުން މުހިއްމެ ނޫން ، އެފައިސާއެއްވެސް މުހިންމެ ނޫން ބޭނުމީ އިކޮނޮމިސްޓް ވެރިޮކަން ދެމެހެއްޓުން ރައްޔިތުން ޖެހޭނީ ތިބެން ، ވޯޓް ގަނެގެން ހަމަތިބޭނީ! ޝުކުރިއްޔާ ގައުމު!

އަލީ

ކިތަންމެ ކެންސަލެއް ކުރިޔަސް ކަންބޮޑުވާނެ ކަމެއްނެތް. ގައުމު ހަމަމަގަށް ނޭޅެނިސް މާޔާވެސް ކޮނެމެހެން އަމިއްލަ އެދުމާއިގެން ނުތެޅި ގައުމުގެ ސަލާމަތާއި ރަށްކާތެރިކަމަށް މަސައްކަތް ކުރޭ. އަދި ދޮގުހަބަރު ފަތުރާމީހުންގެ ހަބަރުގެ ތެދު ދޮގު ފަސިންޖަރު ލައިން ތަކަށްވެސް ފޯރުކޮށްދީ. އެއިރުން ކެންސަލެއް ނުވާނެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910