ލައިފްސްޓައިލް

އިންޑޮނޭޝިޔާ މީހަކު ދަރިފުޅަށް އާދަޔާޚިލާފު ނަމެއް ދީފި

މި ޒަމާނުގައި ދަރިންނަށް އާދަޔާހިލާފު ނަން ކިޔަން ގިނަ މީހުން ޝައުގުވެރިވެ އެވެ. ވީހާ ވެސް އާދަޔާހިލާފު ނަމެއް ދަރިންނަށް ކިޔުމުގެ އޮއިވަރެއް ދުނިޔޭގައި އެނބުރެމުން ދާއިރު އެކުދިން ބޮޑުވެގެން އެ ކުދިންނަށް ކުރިމަތިލާން ޖެހިދާނެ ލަދުވެތިކަމާއި މަލާމާތާ މެދު އެކަކުވެސް ވިސްނައެއްނުލަ އެވެ.

ބައެއް މީހުން ދަރިންނަށް ކިޔަނީ އެމީހުން ބަލާ ފިލްމު ފިލްމުގެ ނަމެވެ. އަނެއް ބަޔަކު ކިޔަނީ އެމީހުން ކިޔާ ފޮތް ފޮތުގައި އުޅޭ ކެރެކްޓާތަކަށް ކިޔާ ނަންނަމެވެ. ކާޓޫނު ކެރެކްޓާގެ ނަން ނަންނަމާއި ހިސާބު އަދަދުތަކުން ވެސް ދަރިންނަށް ދެއެވެ.

ނަމަވެސް އިންޑޮނީޝިޔާގެ މި ފިރިހެންމީހާ ކީ ވަރުގެ ނަމެއް ދަރިއަކަށް ކީ މީހަކު އުޅޭނެކަމެއް ނޭނގެ އެވެ. އޭނާގެ ދަރިފުޅުގެ ނަމަކީ "ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކަލް ކޮމިއުނިކޭޝަން" އެވެ.

ސަލާމާތު (ޔޯގާ) ވަހްޔޫދީ ބުނި ގޮތުގައި ފިރިހެން ދަރިއަކު ލިބިއްޖެނަމަ އެ ދަރިފުޅަށް ނަން ކިޔުމުގެ ފުރުސަތު އޭނާއަށް ދޭން އަންހެނުންނާ ދެ މީހުން މާ ކުރިން އެއްބަސްވުމަކަށް އައިސްފައި އޮތް ކަމަށެވެ. މިގޮތަށް އެއްބަސްވީ 31 އަހަރުގެ ރިރިން ލިންޑާ ޓުންގަލް ސިރީ ބަލިވެ އިންކަން އެންގުމާ އެކުގަ އެވެ.

ރިރިން އަށް ލިބުނީ ފިރިހެންކުއްޖަކަށް ވާތީ އެ ދަރިފުޅަށް ނަން ކިޔާނެ ފުރުސަތު ޔޯގާއަށް ލިބުނީ އެވެ.

ސެންޓަރަލް ޖާވާގެ ބާބޭސްގެ ރަށްވެއްސެއް ކަމަށްވާ ޔޯގާ އޭނާގެ ދަރިފުޅަށް ކީ "ދީނަސް ކޮމުނިކާސީ އިންފޯމަޓިކާ ސްޓަޓިސްޓިކް" އެވެ. ކުރުކޮށް މި ކުއްޖާއަށް ކިޔަނީ (ޑިންކޯ) އެވެ. މީގެ އިނގިރޭސި ތަރުޖަމާ އަކީ ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކަލް ކޮމިއުނިކޭޝަން" އެވެ. މިއީ ޔޯގާ ކުރިން ވަޒީފާ އަދާކުރި އޮފީހަށް ކިޔާ ނަމެވެ.

އިންޑޮނީޝިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޔޯގާ އޭނާގެ ދަރިފުޅަށް ކީ ނަމާ ހެދި އޭނާގެ އެކުވެރިން ވެސް ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. ނަމަވެސް ޔޯގާ އަކަށް އެކަމަކުން އެއްވެސް އަސަރެއް ނުކުރި އެވެ.