ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ކޮވިޑުން ފަސޭހަވުމުން އާލިއާއާ ރަންބީރު ރާއްޖެއަށް

އެކްޓަރު ރަންބީރު ކަޕޫރަށް ކޯވިޑް ޖެހި ފަސޭހަވި ފަހުން އޭނާގެ ލޯބިވެރިޔާ އަދި ބަތަލާ އާލިއާ ބަޓް ވެސް މި ބަލީގެ ޝިކާރައަކަށް ވިއެވެ. މިހާރު ދެ އެކްޓަރުން ވެސް ވަނީ ބަލިން މުޅިން ފަސޭހަވެފަ އެވެ. އަދި އިންޑިޔާގެ މަހަރަޝްތުރާގައި ދެ ހަފުތާއަށް ޖަންތާ ކާފިއު ހިންގުމާ ގުޅިގެން ފިލްމުތަކާއި އެހެނިހެން ކަންކަން ވެސް ހުއްޓާލާފައިވާތީ މި ދެ އެކްޓަރުން މިހާރު ވަނީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް މިސްރާބު ޖަހާފަ އެވެ.

މިއަދު ހެނދުނު މުމްބައި އެއާޕޯޓަށް ދެ އެކްޓަރުން ފުރަން ގޮސް ތިއްބާ ޕަޕަރާޒީން ވަނީ ފޮޓޯ ނަގާފަ އެވެ. ދެ އެކްޓަރުން ވެސް ތިބީ ހުސް ހެދުމުގަ އެވެ.

ރަންބީރު އާއި އާލިއާ ރާއްޖެ އަންނައިރު މިހާރު ވެސް ސާރާ އަލީ ޚާން އާއި ޓައިގާ ޝްރޮފް އަދި ދިޝާ ޕަޓްނީ ދަނީ ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.

އާލިއާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވެސް އެކުވެރިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ނަމަވެސް އެ ފަހަރުގެ ޗުއްޓީ ކުއްލިއަކަށް ކުރުކޮށްލާފައި އޭނާއަށް ފުރަން ޖެހުނީ ރަންބީރުގެ ބޮޑުބޭބެ ރާޖީވް ކަޕޫރު ކުއްލިއަކަށް މަރުވުމުން ޖަނާޒާގައި ބައިވެރިވުމަށެވެ.

ފިލްމީ މަސައްކަތަށް ބަލާއިރު އާލިއާގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ގަންގުބާއީ ކަތިއާވަޅީ" އެވެ. މި ފިލްމު އަންނަ ޖުލައި 30 ގައި ރިލީޒްކުރަން މިހާރު ވަނި ޝެޑިއުލް ކޮށްފަ އެވެ. މީގެ އިތުރުން ރަންބީރު އާއެކު ކުޅޭ "ބްރަހްމަޝްތުރާ"ވެސް މިއަހަރު ރިލީޒްކުރާނެކަމަށް ވަނީ ބެލެވިފަ އެވެ.

ރަންބީރު ވެސް ދެ ފިލްމެއްގެ މަސައްކަތް ކުރަން ފަށާފައި ވެއެވެ. ޕަރިނީތީ ޗޯޕްޅާ އާއެކު ކުޅޭ "އެނިމަލް" އާއި ޝްރައްދާ ކަޕޫރާއެކު ކުޅޭ ޑައިރެކްޓަރު ލަވް ރަންޖަންގެ އަދި ނަމެއް ކަނޑަނާޅާ ފިލްމެކެވެ.