ބ. އަތޮޅު ސޮނޭވާފުށި ރިސޯޓް ކައިރިން ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓްވެ ދެ މީހަކަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.
މިރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގެ ތެރޭގައި ހަތަރު މީހަކު ކަނޑަށް ވެއްޓިފައި ވަނިކޮށް ސަލާމަތް ކުރި އިރު ދޯނި ވަނީ އޭދަފުއްޓަށް ގެންގޮސްފަ އެވެ.
އޭދަފުށީ ހޮސްޕީޓަލުގެ އޮފިޝަލަކު ވިދާޅުވީ ދޯނިން ދަތުރުކުރި 14 މީހުންގެ ތެރެއިން އަނިޔާވެގެން ހޮސްޕިޓަަލަށް ގެނެއީ ދެ މީހުން ކަމަށާއި އެއިން އެކަކަށްވެސް ސީރިޔަސް އަނިޔާތަކެއް ވެފައި ނެތް ކަމަށެވެ. ނަމަވެސް އެކަކުގެ މޫނު މަތިންނާއި ފައިގެ ބައެއް ތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށާއި އަދި އަނެކަށް ވެސް ބައެއް ތަންތަން މަށައިގެން ގޮސް މޭ ގައި ރިއްސާތީ ސްކޭން ހައްދަން ފޮނުވާފައިވާ ކަމަށެވެ.