ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އޭދަފުށި ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމުން ރަށް ބަންދުކޮށްފި

Apr 19, 2021

ބ. އޭދަފުށީގައި ގާއިމުކޮށްފައިވާ ފްލޫ ކްލިިނިކަށް ދެއްކި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމުން އެ ރަށް މޮނިޓަރިން އަށް ގެންގޮސްފި އެވެ.

ބަލީގެ އަލާމާތްތަކެއް ހުރުމުން ފްލޫ ކްލިނިކަށް ދެއްކި އަންހެނެއްގެ ކޮވިޑް ސާމްޕަލް ޕޮޒިޓިވްވި ކަން އެންގީ މިއަދު ހަވީރު އެވެ.

އެ މީހާއާ ކޮންޓެކެޓްވެފައިވާ މީހުން ހޯދައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އޭދަފުށިން ކޮވިޑް ޖެހިފައިވާ މީހުން މީގެކުރިން ވެސް ފެނިފައިވެ އެވެ. ނަމަވެސް އެރު ކޮވިޑް ޖެހުނު އެންމެންނަކީ ވެސް ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.

އޭދަފުށި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށުގައި މިހާރު ވަނީ ބައެއް ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން އެރަށަށް އަރާ ފޭބުން މަނާކުރުމާއި، ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން އެ ރަށު ރައްޔިތުންނަށް ވަނީ އަންގާފަ އެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑް ތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ އަންގާފަ އެވެ.

އޭދަފުށްޓަކީ ބ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަފާތު ހިދުމަތްތައް ހޯދުމަށް ޒިޔާރަތް ކުރާ ރަށެކެވެ.