ސައޫދީއާ މަޝްވަރާ ކުރަނީ އެއީ ދެ ގައުމަށާއި ސަރަހައްދަށް ވެސް އޮތް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ދެކޭތީ ކަމަށް އީރާނުން ބުނެފި އެވެ. އީރާނުން މިހެން ބުނިއިރު، ސައޫދީއާ އީރާންގެ އޮފިޝަލުން އީރާގުގައި ބައްދަލު ކުރައްވައި ސުލްހަވާން މަޝްވަރާތައް ކުރެއްވި ކަމަށް ފައިނޭންޝަލް ޓައިމްސްއިން ވަނީ ބުނެފަ އެވެ.
އެކަމަކު ފައިނޭންޝަލް ޓައިމްއިން ކުރި ރިޕޯޓާ ގުޅިގެން ދެ ގައުމުން ވެސް މަސައްކަތް ކުރީ އެއީ ނުހިނގާ ކަމެއް ކަމަށް ސާބިތު ކުރާށެވެ.
އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދާ ވިދާޅުވީ ތެހެރާނާއި ރިޔާޒުން މަޝްވަރާކުރާ ކަމަށް ބުނާ މީޑިއާ ރިޕޯޓްތަކެއް ވިދާޅުވި ކަމަށާއި އެ ރިޕޯޓްތަކުގައި ފުށުއެރުން ބޮޑު ކަމަށެވެ. ތަރުޖަމާން މިހެން ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހަފުތާއަކު އެއްފަހަރު ބާއްވަވާ ބައްދަލުވުމެއްގަ އެވެ.
"ސައޫދީއާ އެކު މަޝްވަރާ ކުރަން އަބަދު ވެސް އެދެން. އީރާނުން އެކަމަށް މަރުހަބާ ކިޔަން،" ސައީދު ޚަތީބުޒާދާ ވިދާޅުވި އެވެ. ރާގު ބަދަލު ކުރައްވާ އޭނާ ވިދާޅުވީ އީރާންގެ ވިސްނުމަކީ މަޝްވަރާ ކުރުމެވެ. އެއީ ދެގައުމަށް އަދި ސަރަހައްދީ މަސްލަހަތަށް ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ އެވެ.
އީރާގުގައި ސައޫދީއާ އީރާންގެ އޮފިޝަލުން ސިއްރިއްޔާތުގައި ބައްދަލު ކުރެއްވި ހަބަރު މީީޑީއާއަށް ވަނީ ފާޅުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިކަމަށް ދޮރެއް ހުޅުވައި ދެއްވީ އީރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކަޒީމީ އެވެ.
ސައޫދީއާ އީރާން ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ ޖެނުރައީ 2016 އިގަ އެވެ. ތެހެރާންގައި ހުރި ސައޫދީ އެމްބަސީއަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. އެކަން މިގޮތަށް ހިނގައިދިޔައީ ސައޫދީ އިދާރާތަކުން އީރާންގެ ޝީއީ އިލްމުވެރިޔާ ނިމްރު އަލްނިމުރު ޓެރަރިޒަމްގެ ކުށުގައި ގަތުލު ކުރުމާ ގުޅިގެން ހިނގާދިއަ ހަމަނުޖެހުންތަކުގަ އެވެ.
ސައޫދީގައި 2015 ވަނަ އަހަރު ހައްޖު މޫސުމުގައި އީރާންގެ ހައްޖުވެރިން ހިންގި ހަމަނުޖެހުންތައް އީރާނުން އެޅުވީ ވެސް ސައޫދީ ބޮލުގަ އެވެ. މައްކާގައި ޖަމްރާއަށް ހިލައުކުމު ތެރޭގައި އީރާންގެ ގާތްގަނޑަކަށް 400 ހައްޖުވެރިން ވަނީ މަރުވެފަ އެވެ. އެއަށް ފަހު ގުޅުން ރަނގަޅު ކުރަން ދެ ގައުމުން ކުރެ ގައުމަކުން ދެމެހެއްޓެނިވި މަސައްކަތެއް ނުކުރެ އެވެ.