ހަބަރު

ވީޑިއޯ އަޕްކުރީ ސަންގު ޓީވީއިންކަމުގެ ހެކި އެބަހުރި: ފޮރިން މިނިސްޓްރީ

Nov 6, 2015
2

ސަންގު ޓީވީއަށްވަދެ ފާސްކޮށްފައި ވަނީ މިދައަ އޯގަސްޓް މަހު 31 ވަނަ ދުވަހު ޔޫޓިއުބްގައި އާންމުކުރި "އައިއެސް ވީޑިއޯ" އަޕްލޯޑް ކޮށްފައި ވަނީ ސަންގު ޓީވީ ސްޓޭޝަނުން ކަމުގެ ހެކި ފުލުހުންނަށް ލިބިފައިވާތީ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީއިން އެކަން ހާމަ ކުރީ އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓްން ކުރި ޓްވީޓެއްގަ އެވެ.

ރޭ ދަންވަރު ސަންގު ޓީވީ ބަލައި ފާސް ކުރީ ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ އިސް ފަރާތްތަކަކަށް މަރުގެ އިންޒާރުދީ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާނެ ކަމަށް ބުނެ ބިރުދައްކާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ މެސެޖެއް ޔޫޓިއުބަށް އަޕްލޯޑުކޮށްފައިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކާއި ޤަރީނާ ހޯދާށެވެ.

އެ ސްޓޭޝަނަށް ވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ޔޫޓިއުބުން ހިއްސާކުރި މައުލޫމާތުތަކަށް ބަލައިގެނެވެ. ސަންގް ޓީވީ ފާސްކޮށްފައި ވަނީ އިތުރު މީހަކަށް އެތަނުގެ ތެރެއަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް ފަހު އެވެ. ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ހިއްސާވާ އެ ޓީވީއަށް ފުލުހުން ވަނުމާ އެކު އެ ސްޓޭޝަންގެ އޮންއެއާ ވަގުތުން ހުއްޓުމަކަށް އައެވެ.