ދުނިޔެ

ޗައިނާގެ ޑިފެންސް މިނިސްޓަރު ލަންކާއަށް

ޗައިނާގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ވެއި ފެންގްހާ މި މަހު ފަހުކޮޅު ސްރީ ލަންކައަށް ވަޑައިގަންނަވާނެ އެވެ. ވަޒީރުގެ މި ދަތުރަށް ދެ ގައުމުން ކުރެ ގައުމަކުން އަދި ތާރީހެއް އާންމު ނުކުރެ އެވެ. މީޑިއާގައި ހުރި ވާހަކަތަކަށް ބަލާއިރު ސަރުކާރުގެ އިސް އޮފިޝަލަކު ލަންކާއަށް ވަޑައިގަތުން މިއީ މުހިންމު ދަނޑިވަޅެކެވެ.

ޖެނެރަލް ވެއިފެންހާ ލަންކާއަށް ވަޑައިގެން ދެ ގައުމުގެ ގުޅުން މިހާރު އޮތް ހިސާބުން މިސްރާބަށް ގެނެވެން ހުރި ބަދަލުތަކާ ގުޅޭ ގޮތުން ލަންކާގެ ރައީސް ގޮތަބެޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ މަޝްވަރާ ކުރައްވާނެ ކަމަށް ލަންކާ ނޫސްތަކުން ބުނެ އެވެ.

ވަޒީރުގެ މި ދަރުތުފުޅާ ބެހޭ ގޮތުން މިމަހު މެދާހިސާބުން ފެށިގެން މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ. ލަންކާގައި ޗައިނާއިން ކުރާ ބިޔަ އިންވެސްޓްމަންޓައް ހުރި ނެތް ގޮތް ބެއްލެވުމަށްޓައި ވަޒީރުން ފެންވަރުގެ ބޭފުޅަކު ވަޑައިގަންވާކަން މީޑިއާތަކަށް އޮތީ އެނގިފަ އެވެ.

ލަންކާގައި މިވަގު އެންމެ ބޮޑު މައްސަލައަކަށް ވެގެން އުޅެނީ ލަންކާ ޕޯޓް ސިޓީ ޗައިނާއާ ހަވާލު ކުރަން ސަރުކާރުން މަސައްކަތްކުރާ ވާހަކަ އެވެ. ޕޯޓް ސިޓީގެ ސަބަބުން ލަންކާއަށް ގެއްލުން ވެދާނެ ކަމަށް އެއްބަޔަކު ބުނާއިރު ސަރުކާރު ފަޅިން ބުނަނީ ވާނީ ފައިދާ ކަމަށެވެ.

ޖެނެރަލް ވެއި ފެންގްހާ މިދަތުރުފުޅުގައި ސަރަހައްދީ މަސްލަހަތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާނެ އެވެ. އެމެރިކާ އާއި ޖަޕާން، އޮސްޓްރޭލިޔާ އަދި އިންޑިއާ ގުޅިގެން އުފައްދާފައިވާ "ކުއަޑް" ޖަމިއްޔާގެ ސަބަބުން ސަރަހައްދަށް ހުރި އަސަރުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ އެވެ.