ޓެކްނޯލޮޖީ

އެޕަލް އެއާޓެގް، އަލްޓްރާ-ވައިޑްބޭންޑާއެކު

އެޕަލް "އެއާޓެގް" އަކީ ސެމްސަންގް "ސްމާޓްޓެގް" އަދި މިހާރު "ސްމާޓްޓެގް+" އަށް ހަމަ ސީދާ ރައްދެކެވެ. މި ދެޑިވައިސްއިން ވެސް ކުރެވެނީ އެއް ބޭނުމެކެވެ. އެއްޗެއް ބޭއްވޭ ތަން ފަސޭހައި އޮޅޭ ނަމަ އެއެއްޗެއްގެ ތެރެއަށް ޓެގެއް ލާށެވެ. ޓެގް ހަރުކޮށްލިއަސް ރަނގަޅު ވާނެ އެވެ.

ޓެގް އޮންނަން ޖެހެނީ އަބަދު ވެސް ކޮންމެވެސް އެއްޗެއްގެ ތެރޭގައި އެވެ. ނޫން ނަމަ އަތްގަޑުގައި، ވާކޮޅެއްގައި އެލުވާލާފަ އެވެ. ވޮލެޓް ނުވަތަ ކަނބަލުންގެ އަތްދަބަސް އަދި ފަސޭހައިން ގެއްލި ދާނެ ކަމަށް ބީރުހީވާ ނަމަ އެ އެއްޗެއްގައް ތަތްކޮށްލުމުން ނިމުނީ އެވެ. ދަތުރުވެރިންގެ އަތްދަބަހާއި ފޮށިތަންމައްޗަކީ ވެސް ވަގަށް ނަގައިފި ނަމަ ގެއްލޭ ތަކެއްޗެވެ.

އެޕަލްއިން ބުނަނީ އެއާޓެގް މެދުވެރިކޮށް އަދި ފައިންޑް މައި އެޕް މެދުވެރިކޮށް ވަގަށް ނަގާ ތަކެތި ވެސް ހޯދޭނެ ކަމަށެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި އަދި "އަލްޓްރާ ވައިޑްބޭންޑް" މަނާނޫން ކޮންމެ ގައުމެގައި އެއާޓެކް ބަރާބަރަށް މަސަައްކަތްކުރާނެ ކަމަށެވެ.

އެއާޓެކްގެ އައިޕީ ރޭޓިންއަކީ 67 އެވެ. ލިދިއަމް ބެޓެރީއެއްވެސް އިނދެ އެވެ. ބެޓެރީ ޗާޖު އަހަރު ދުވަސް ވަންދެން ހިފަހައްޓަ އެވެ.

މި ޓެގް ބޭނުންކުރާ މީހުން ވިސްނާލަން ރަނގަޅު ނުކުތާއެއް ބުނެދޭނަ މެވެ. އައިފޯނުން އަދި އެހެން ސްމާޓްފޯނަކުން ނަމަވެސް ބުނެދޭނީ ޓެގް އޮތް ތަނެވެ. ގެއްލިގެން އުޅޭ އެތި އޮތް ތަނެއް ނޫނެވެ. އެހެންކަމުން ޓެގް ތަތްކުރަން ވާނީ ނައްޓައިނުލެވޭނެ ގޮތަކަށެވެ. އެނޫން ގޮތެއްގައި ޓެގް އެއްލާލާފައި ޓެގް އަޅުވާފައި ހުރި އެތި ހިފައިގެން ފިލާފާނެ އެވެ.