ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިފައިންގެ ގައުމީ ހިދުމަތަށް ރައީސްގެ މަރުހަބާ

Apr 21, 2021
1

ދިވެހި ސިފައިންގެ ހިދުމަތުގެ ކޮންމެ ދުވަހެއް ފެށި ނިމެނީ ގައުމުގެ ހައްގުގައި ކުރާން އޮތް މަސައްކަތުގައި ދެމިތިއްބާ ކަމަށް ރައީސް އަދި ސިފައިންގެ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަވާ ކުރެއްވެވި ޓްވީޓެއްގަ އެވެ.

ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް މިއަދު ވަނީ ހިތޯބެއް ދެއްވާފަ އެވެ. އެކަމަނާ ވިދާޅުވީ ސިޔާސީ ނުފޫޒުން ދިވެހި އަސްކަރިއްޔާ އެއްކިބާކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ސިފައިންގެ ހިދުމަތްތައް ފޯރުކޮށް ދޭނެ މަގު ފަހިވެފައިވާ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ދިވެހި ސިފައިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް ގާނޫނުތައް އިސްލާހުކޮށް ޒަމާނީ ވަސީލަތްތަކާއި އާލަތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ސިފައިން މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ސިފައިންގެ ގާބިލުކަން، ގައުމުގެ އަމާންކަން" އެވެ.