ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަތިވެރިން 10 މީހަކު ޕޮޒިޓިވްވެ މޮނިޓަރިންއަށް

Apr 21, 2021

އއ. މަތިވެރިން 10 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިން އަށް ގެންގޮސްފި އެވެ.

މަތިވެރިން ޕޮޒިޓިވް ވެފައިވާ މީހުންނަކީ ބަލީގެ އަލާމާތަށް ޝައްކު ކުރެވިގެން އެ ރަށުގައި ހުރި ފުލޫ ކްލިނިކަށް ދައްކާ، ޓެސްޓް ހެދި 15 މީހުން ތެރޭގައި ހިމެނޭ 10 މީހުންނެވެ.

އެރަށުގައި މިހާރު ދަނީ ޕޮޒިޓިވްވީ މީހުނާ ކޮންޓެކްޓްވީ މީހުން ދެނަގަނެ އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓްތައް ހަދަމުންނެވެ. އެ ރަށުން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ވަކި އެއްޗެއް އަންގަންދެން މިއަދުން ފެށިގެން އެރަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

މަތިވެރިއަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ. އެ ރަށުގައި މިވަގުތު ވެސް ފަތުރުވެރިން އެބަތިއްބެވެ. މަތިވެރީގެ އިތުރުން ވެސް އަތޮޅު ތެރޭގެ ބައެއް ރަށްތައް މިހާރު ވެސް ހުރީ މޮނިޓަރިންއަށް ލާފަ އެވެ.