ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އަވީގައި ޑިއުޓީކުރި މާބަނޑު ފުލުހަކަށް ތައުރީފު

އިންޑިއާގައި ކޮވިޑް-19 އިގެ ހާލަތު ގޯސް ގޯހަށް ގޮސްފައިވާ މި ދަނޑިވަޅުގައި ގައުމީ ހިދުމަތުގައި އެ ގައުމުގެ ކޮންމެ ފަރުދެއް ވެސް އެމީހަކަށް ވެވުނު މިންވަރަކުން ދަނީ ބައިވެރި ވަމުންނެވެ. އެއް މިސާލެއް ދައްކާފައި ވަނީ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (ޑީސީޕީ) ގެ މަގާމުގައި ހުރި އަންހެން ފުލުސް އޮފިސަރެކެވެ.

އޭނާ ބަލިވެ އިނދެ ވިހަން ކައިރިވެފައި ހުއްޓަސް ގަދަ އަވީގައި ގައުމީ ހިދުމަތުގައި ޖެހިލުމެއް ނެތި މަސައްކަތް ކުރަމުން ދިޔަތަން ފެނުނު އެތައް ބަޔަކު ވަނީ އޭނާއަށް ވަރަށް ތައުރީފު ކޮށްފަ އެވެ.

އިންޑިޔާގެ ކާރުބާރު ބޮޑު މަގެއްގައި ރަތްދަކަ އަވީގައި މި ޕޮލިސް އޮފިސަރު މަސައްކަތް ކުރަމުންދިޔަ މަންޒަރު މީހަކުވަނީ ވީޑީއޯކޮށް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ވަރަށް ގޯސްވެ ލޮކްޑައުން ކޮށްފައިވާތީ އާއްމު ރައްޔިތުން ކަނޑައެޅިފައިވާ ގައިޑްލައިނަށް އަމަލު ކުރޭތޯ ބެލުމުގައި އަންހެން އޮފިސަރު މަސައްކަތް ކުރަމުން ދިޔަ ތަން މި ވީޑިއޯގައި ފެނެ އެވެ.

މަގުން ހިނގާފައި ދާ މީހުން އުޅޭ ނޫޅޭ ބެލުމާއި އެމީހުން މޮނިޓާ ކުރުމުގެ މަސައްކަތުގައި އެއްވެސް ވަރުބަލިވުމެއް ނެތި މި އޮފިސަރު މަސައްކަތް ކުރާތަން މި ވީޑީއޯގައި ފެނެ އެވެ.

އިންޑިއާ ޓްޑޭ ނޫހެއްގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި މި އޮފިސަރަކީ ޑީއެސްޕީ ޝިލްޕާ ސާހޫ އެވެ. ބާސްތާގެ ދަންތޭވަޑާ ސަރަހައްދު ބެލެހެއްޓުމާ ހަވާލުވެ ހުރީ މި ޑީއެސްޕީ އެވެ.

ދަނޑިބުރިއެއް ހިފައިގެން ހުރެ އޮފިސަރު މަގުމަތީގައި ހިނގާ ބިނގާވާ މީހުންނާއި ޓްރެފިކް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔަ އެވެ.

މި ވީޑީއޯ ޝެއާކުރި ފަރާތުން ބުނި ގޮތުގައި ސަރުކާރުން އަންގާފައިވާ އެންގުންތަކަށް ތަބާ ނުވެ އެއްވެސް ކަމެއް ނެތި މަގުތަކަށް ނުކުމެ އުޅޭ މީހުންނަށް މި އޮފިސަރުގެ މަސައްކަތުން ރަނގަޅު ފިލާވަޅެއް ލިބޭނެ އެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަގަތު ސަފުގެ މަސައްކަތްތެރިން ކުރާ ހިދުމަތުގެ އަގު މި އަންހެން އޮފިސަރަށް ބަލާލުމުން އެކަނި ވެސް ވަޒަން ކުރެވޭނެ ކަމަށެވެ.